އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ކަމަށް އިބްރޭ އާއި އަހުމަދު އަބްދުﷲ ކުރިމަތިލައިފި

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ނައިބުކަމުގެ މަގާމަށް އިބްރާހީމް ވަހީދު (އިބްރޭ) އާއި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބުދުﷲ ކުރިމަތިލައްވައިފި އެވެ.
ޗެއާޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލީ މިހާރު ހިނގަމުންދާ ދައުރުގެ އެ މަގާމުތަކުގެ މުއްދަތު 25 އޮކްޓޯބަރުވާ އަންގާރަ ދުވަހަށް ހަމަވާތީ އެވެ.
މިމަހު 18 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، އިބްރޭ ކުރިމަތިލައްވާފައި ވަނީ ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމަށެވެ. އަހުމަދު އަބްދުﷲ ކުރިމަތިލައްވާފައި ވަނީ އޭނާ މިހާރުވެސް ހުންނެވި ޗެއާޕާސަންގެ ނައިބު މާލީކަމުގެ މަގާމަށެވެ.
އިބްރޭއަކީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި، އެ މަގާމަށް އިންތިހާބު ކުރި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕޭން މެނޭޖަރެވެ.
އެމްޑީޕީގެ ޗެއާޕާސަން ނައިބު އިދާރީ އަދި މާލީ ކަމުގެ މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ