ވެރިރަށް މާލޭގައި ކަރަންޓް ނެތްތާ ގަޑިއެއްހާ އިރު ފަހުން ބޮޑު ބަޔަކަށް އަލުން ކަރަންޓް ދޭން ފަށައިފި އެވެ.
މުޅި މާލޭން ކަރަންޓް ކެނޑުމާ ގުޅިގެން އެތައް ކަމަކަށް ބުރޫ އަރައި، އާންމުންނަށް ބެސް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފަ އެވެ. މިހާރު ބޮޑު ސަރަހައްދަކަށް ކަރަންޓް ދީފައިވާ އިރު، ސްޓެލްކޯ އިން ބުނީ ކަރަންޓް މިހާރު ނުލިބޭ ސަރަހައްދުތަކަށް ވެސް ވަރަށް އަވަހަށް ކަރަންޓް ދޭން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މާލޭއަށް ކަރަންޓު ފޯރުކޮށްދޭ 13 ފީޑަރުގެ ތެރެއިން ފީޑަރު 8 ފިޔަވާ އެހެން ހުރިހާ ފީޑަރެއް އެނާަޖައިޒް ކުރެވި މިހާރު އަންނަނީ ކަރަންޓުގެ ހިދުމަތް ދެމުން. ފީޑަރުގައި 8 ގައި ހިމެނޭ 9 ސަބް ސްޓޭޝަނަށް އެހެން ފީޑަރުތައް މެދުވެރިކޮށް ވަގުތީގޮތުން ކަރަންޓު ފޯރުކޮށްދޭން ދަނީ
— STELCO (@STELCOMALDIVES) May 24, 2022
އެ ކުންފުނިން ބުނީ މުޅި މާލޭން ކަރަންޓް ދިޔައީ ކަރަންޓް ފޯރުކޮށްދޭ 13 ފީޑަރުގެ ތެރެއިން ފީޑަރު 8 އަށް ދިމާވި މައްސަލައަކާ ހެދި ކަމަށެވެ.
މަސައްކަތް ކުރެވެމުން. އެ މަސައްކަތް ނިމުމާއެކު މާލޭގެ ހުރިހާ ހިސާބަކަށް ކަރަންޓު ދެވިގެންދާނެ. އަދި 8 ވަނަ ފީޑަރަށް ދިމާވެފައިވާ މައްސަލަ ދެނަގަނެވި، އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން.
— STELCO (@STELCOMALDIVES) May 24, 2022
އެހެންވެ ދިމާވި މައްސަލަ ދެނެގަނެވި ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެހެން ހުރިހާ ފީޑަރެއް އެނާޖައިޒް ކުރެވި މިހާރު ކަރަންޓު ބޮޑު ބަޔަކަށް ލިބޭނެ ކަމަށް ބުންޏެވެ.
ކަަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ބައެއް ސަރަަހައްދުތަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. ނުދެވި ހުރި ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މާފަށް އެދެން.
— STELCO (@STELCOMALDIVES) May 24, 2022
ފީޑަރު 8 ގައި ހިމެނޭ 9 ސަބް ސްޓޭޝަނަށް އެހެން ފީޑަރުތައް މެދުވެރިކޮށް ވަގުތީ ގޮތުން ކަރަންޓު ފޯރުކޮށްދޭން ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
މުޅި މާލޭގައި ކަރަންޓް ނެތި ގަޑިއެއްހާ އިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ