ޔޯގާ ހަރަކާއި ގުޅިގެން ހައްޔަރުކުރި މުހައްމަދު އިސްމާއީލް ހަތް ދުވަހަށް، ނިޝާން ފަސްދުވަހަށް ޖަލަށް

ޔޯގާ ހަރަކާތްތަކާ ގުޅިގެން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް އަދި އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި އޮތް ޔޯގާ ހަރަކާތެއް ކުރިޔަށްދަނިކޮށް އެތަނަށް ވަދެ ހުރަސްއަޅައި ހިންގި ހަމަނުޖެހުމަށްފަހު މުހައްމަދު އިސްމާއީލްއާ ޝެއިހް ނިޝާން ހައްޔަރު ކުރީ ރޭގެ ވަގުތެއްގައެވެ.
މުޙައްމަދު އިސްމާއީލާއި ، އައްޝައިޚް އާދަމް ނިޝާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން މުހަމަދު އިސްމާއީލްގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްދީފައިވާއިރު ޝެއިހް ނިޝާންގެ ބަންދަށް ވަނީ ފަސް ދުވަސް އިތުރުކޮށްދީފައެވެ.
މި ދެމީހުންގެ އިތުރުން އައްޝައިޚް ފަޒްލޫން މުޙައްމަދު ވެސް ވަނީ އިއްޔެ ހައްޔަރު ކޮށްފައެވެ. އެހެންނަމަވެސް އޭނާގެ ބަންދާ މެދު  އަދި ގޮތެއް ނުނިންމައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ