ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީއަށް ގެއްލިއްޖެއެވެ.
އަންނަ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައި އޮތީ މިއަދު މެންދުރު 12:00 އާއި ހަމައަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް "ވީނިއުސް" އަށް ވިދާޅުވީ، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލުނީ ނަން ހުށަހެޅުމަށް ހުޅުވާލި ވަގުތު ހަމަވިއިރުވެސް އެޕާޓީން ފޯމް ހުށަހަޅާފައި ނުވާތީ ކަމަށެވެ. ފުއާދު ވިދާޅުވީ ވަގުތު ހަމަވާފަހުން ނަން ބަލައިގަތުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި އަދި އެ ފުރުސަތު ނުލިބޭނެ ކަމަށެވެ.
އެހެންކަމުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ދެން ވާދަކުރައްވާނީ ޕީޕީއެމްގެ ކެންޑިޑޭޓާއި އެމްއެންޕީގެ ކެންޑިޑޭޓް ކަމަށް ފުއާދު ވިދާޅުވިއެވެ. އެ ދެ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުނެގުން އޮންނާނީ ހޮނިހިރު ދުވަހުއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ވިލިމާލެ ދައިރާގެ ޑަބްލިއުޑީސީ ގެ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލީވެސް އިއްޔެއެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑި ހުސްވެފައިވަނީ އެދާއިރާގެ މެމްބަރު އައިމިނަތު އީމާން ނިޔާވުމާއި ގުޅިގެންނެވެ.
ވިލިމާލެ ދާއިރާގެ ބައި-އިލެކްޝަން: އިލެކްޝަން އިން އެމްޑީޕީގެ ފޯމް ބަލައިނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ