އެސްޓީއޯއިން ބެކް ޓު ސްކޫލް ޕްރޮމޯޝަން ފަށައިފި

ދިރާސީ އާ އަހަރާ ދިމާކޮށް އެސްޓީއޯ އިން 'ބެކް ޓު ސްކޫލް ޕްރޮމޯޝަން' މިއަދު ފަށައިފި އެވެ.އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ޕީޕަލް ޗޮއިސް ގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައި ކަމަށެވެ.މި ޕްރޮމޯޝަން ކުރިއަށް ގެންދާ މުއްދަތުގައި، އާންމުންގެ ތެރޭގައި މަގުބޫލު 'ޑެވޮންޑޭލް' ކިރާއި 'ހެޕީ ކައު' ޗީޒް އަދި އައި 'ވީ' ކިރު ރީޓެއިލް ނުވަތަ ހޯލްސޭލްކޮށް ގަނެގެން ޕްރޮމޯޝަންގެ ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.ޕްރޮމޯޝަން ނިމުމުން ރީޓެއިލް ތިން ނަސީބުވެރިންނާއި ހޯލްސޭލް ތިން ނަސީބުވެރިން ހޮވާނެ އެވެ. އެ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ އިނާމުތަކަކީ:ރީޓެއިލް:އެއް ވަނައަށް: 5،000ރ.ގެ ޕީކަބޫ ގިފްޓް ވައުޗާއެއްދެ ވަނައަށް: 2،500ރ.ގެ ޕީކަބޫ ގިފްޓް ވައުޗާއެއްތިން ވަނައަށް: 1،500ރ.ގެ އަސްރަފީ ބުކްޝޮޕް ގިފްޓް ވައުޗާއެއްހޯލްސޭލް:އެއް ވަނައަށް: 327ލ.ގެ ޗެސްޓް ފްރީޒަރެއްދެ ވަނައަށް: ރަސަލް ހޮބްސްގެ ފެންކައްކާ ޖަގަކާއި މައިކްރޮވޭވް އަވަނަކާއި ޕްރެޝާ ކުކަރެއްތިން ވަނައަށް: ރަސަލް ހޮބްސްގެ ފެންކައްކާ ޖަގަކާއި މައިކްރޮވޭވް އަވަނެއްމީގެ އިތުރުން ރީޓެއިލް ކަސްޓަމަރުންގެ ތެރެއިން ޑެވޮންޑޭލް 1 ލީޓަރ ކިރު ޕެކެޓު އަދި ހިކި ކިރު ޕެކެޓު ގަންނަ ފަރާތްތަކަށް ޑެވޮންޑޭލް ލޯގޯ ޖެހި ކަޕެއް ލިބޭނެއެވެ. މި ކަޕްއަކީ ލިމިޓެޑް އެޑިޝްން ކަޕްތަކެއް ކަމަށާއި، ސްޓޮކް ހުސްވާދެން ކަސްޓަމަރުންނަށް ދޫކުރަމުން ދާނެކަމަށްވެސް އެސްޓީއޯއިން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ