ގުރުއާން މާއްދާއިން އިމްތިހާނު ހަދަން ޖެހޭތީ މަކުނުދޫ ދާއިރާގެ މެމްބަރު ރާއީ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި

ސެކަންޑަރީ ސުކޫލު ސެޓްފިކެޓު (އެސްއެސްސީ) ގައި ގުރުއާން މާއްދާއިން އިމްތިހާނު ހަދަން ޖެހޭތީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ދަރިވަރުންނާއި ޓީޗަރުން ތަމްރީނު ނުކޮށް ކުއްލިއަކަށް ގުރުއާން މާއްދާއިން ގައުމީ ފެންވަރުގެ އިމްތިހާނެއް ބޭއްވުމަށް ކަނޑައަޅާފައިވާތީ ކަމަށްބުނެ މި ޕެޓިޝަނުގައި ޖުމްލަ 18 ސުކޫލަކުން400 ބެލެނިވެރިން ސޮއިކޮށްފައިވެއެވެ.
މި ޕެޓިޝަނުގައި ފާހަގަކޮށްފައިވަނީ، މިއަހަރު ގްރޭޑް 10 ގައި ކިޔަވާ ކުދިންގެ ތެރެއިން ސްޓްރީމްތައް ކަނޑައެޅި އިރު ކިޔަވަން ޖެހޭ މަޖުބޫރު މާއްދާތަކާއި އޮޕްޝަނަލް މާއްދާތަކުގައި ގުރުއާން މި މާއްދާ ހިމެނިފައި ނުވާއިރު ކުއްލިއަކަށް އެ މާއްދާ މަޖުބޫރު ކުރުމުން ދިމާވާނެ ދަތިތަކެވެ.
މިޕެޓިޝަން، މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ފޮނުވުމަށް މަޖިހީގު ރައީސް މިއަދު ވަނީ ނިންމަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ