މަސްތުވާތަކެތި ގަތުމަށް ބޭރުކުރާ ފައިސާ ކުއްތާތަކަށް ދެނެގަނެވޭނެ: އުމަރު

މަސްތުވާތަކެތި ހޯދައި ދެނެގަތުމަށް ރާއްޖެގެނައި ކުއްތާތަކަށް، މަސްތުވާތަކެތި ގަތުމަށް ބޭރުކުރާ ފައިސާ ދެނެގަތުމުގެ ގާބިލުކަން ލިބިގެންވާކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ފާރަ ގެމައިގައި ބޭނުންކުރާ ކުއްތާތަކާ އެކު ބޭއްވި ޓްރެއިނިންގް ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް އެމްއޭސީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އުމަރު ވިދާޅުވީ ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ފައިސާ ބޭރުކުރާނަމަ އެކަން ކުއްތާތައް ދެނެގަންނާނެ ކަމަށެވެ. އަދި ފައިސާ ގިނަ އަދަދަކަށް ބޭރު ކުރާ އިރު ބޭރުކުރާނީ ވަކި ޚާއްސަ ގޮތަކަށް ކަމަށާއި، އެހުރިހާ ގޮތެއް ދެނެގަތުމަށް ވަރަށް އަވަހަށް އޮޕަރޭޝަންތައް ފެށިގެންދާނެ ކަމަށް އުމަރު ވިދާޅުވިއެވެ. " މަސްތުވާތެކެތި އެތެރެކުރާ މީހާއެއް ނޫން އަދި ފައިސާ ހިފައިގެން ބޭރަށް ދާނ.، ވަކި ޚާއްސަ މީހުން، ކުއްތާތަކުގެ އެހީގައި އަޅުގަނޑުމެން އެ ފައިސާ ދެނެގަންނާނަން،" އުމަރު ވިދާޅުވި އެވެ. ފާރަ ގެމައިގައި ބޭނުންކުރާ ކުއްތާތަކާއި އެކު ބޭއްވި ޓްރެއިނިންގެ ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް އެމްއޭސީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޮޕަރޭޝަނުގައި ކުއްތާ ބޭނުން ކުރާ ގޮތް ދައްކާލަނީ -- ސަން ފޮޓޯ -- ޔޫސުފް ސޮފްއާން ދުނިޔޭގެ ފެންވަރުގައި އެންމެ ފެންވަރުގެ ފާރަގެމައިގެ ވަސީލަތްތައް ހިމެނޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އުމަރު މިއަދު ވަނީ ވިދާޅުވެފަ އެވެ. މަސްތުވާތަކެތި ހަމައެކަނި ދެނެގަތުމަކުން އޭގެ ފައިދާ ނުކުރާނެ ކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ، މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރެވޭ މީހުންގެ މައްޗަށް ދައުވާ އުފުލުލި އެކަށީގެންވާ އަދަބު ކަނޑައެޅިގެން މެނުވީ ކަންކަން ހައްލު ނުވާނެ ކަމަށެވެ. ފާރަ ގެމައިގައި ބޭނުންކުރާ ކުއްތާތަކާއި އެކު ބޭއްވި ޓްރެއިނިންގެ ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް އެމްއޭސީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޮޕަރޭޝަނުގައި ކުއްތާ ބޭނުން ކުރާ ގޮތް ދައްކާލަނީ -- ސަން ފޮޓޯ -- ޔޫސުފް ސޮފްއާން މިއަދުގެ ރަސްމިއްޔާތުގައި ކުއްތާ ގެންގުޅުމަށް ތަމްރީނު ހޯއްދެވި ފުލުހުންވަނީ އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުން ކުރާނެ ގޮތް ދައްކާލާފަ އެވެ. އެގޮތުން ކުއްތާތަށް ފައިސާ ދެނެގަންނާނެ ގޮތާއި، މަސްތުވާތަކެތި ދެނެގަންނާނެ ގޮތް ދައްކާލާފައިވެ އެވެ. ފާރަގެމައިގައި އެކި ސައިޒުގެ ކުއްތާ ހިމެނެ އެވެ. އޭގެ ތެރޭގައި ގަދަ ޗޮކޮލެޓް، ކްރީމް އަދި ކަޅު ކުލައިގެ ކުއްތާވެސް ހިމެނެ އެވެ. ފާރަ ގެމައިގައި ބޭނުންކުރާ ކުއްތާތަކާއި އެކު ބޭއްވި ޓްރެއިނިންގެ ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް އެމްއޭސީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޮޕަރޭޝަނުގައި ކުއްތާ ބޭނުން ކުރާ ގޮތް ދައްކާލަނީ -- ސަން ފޮޓޯ -- ޔޫސުފް ސޮފްއާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ