ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުންގެ ތެރެއިން ޒުވާނުން ބާރުވެރި ކުރުވުމަށް އެންމެ ގިނަ މަސައްކަތް ކުރެއްވި ސިޔާސީ ލީޑަރަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
ވީނިއުސްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޖުމްހޫރީ ޕާޓީގެ ސުޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ ޒުވާނުންނަށް ބޭނުންވަނީ ޒުވާނެއްތޯ ނުވަތަ ޒުވާނުންގެ ކުރިއެރުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްތޯ އެއީ އުފެދޭ ސުވާލެއް ކަމަށެވެ. އެކަމަކު މި ރާއްޖޭގައި ޒުވާނުން ބިނާކުރުމަށް އަދި ޒުވާނުންގެ ތަރައްގީއަށް އެންމެ ބޮޑު ހޭދައެއް ކުރެއްވި އަމިއްލަ ފަރުދަކީ ގާސިމް އިބްރާހިމް ކަމަށާއި އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށްވެސް ވިދާޅުވި އެވެ.
ކޮންމެ ދާއިރާއަކަށް ބެލި ކަމުގައިވިޔަސް އެެންމެ ގިނަ ޒުވާނުން ބިނާ ކޮށްފައިވާނީ ގާސިމް އިބްރާހިމް ކަމަށާއި، އެމަނިކުފާނަކީ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދީފައިވާ އަދި ހޯއްދަވައި ދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށްވެސް އަލީ ސޯލިހް ވިދާޅުވި އެވެ. ޒުވާނުން ބާރުވެރި ކުރުވާ ވާހަކަ ދައްކަވާ ފާރާތްތަކަށްވެސް އެ ހަގީގަތް އެގިވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އަލީ ސޯލިހު އިތުރަށް ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވުމަށް ޒުވާނުންނަށް ފުރުސަތު ތަކެއް ދެއްވާފައިވަނީ ގާސިމް އިބްރާހިމް ކަމަށާއި، އެމަނިކުފާނުގެ ވިސްނުންފުޅުގައި ޒުވާނުން ކުރިއެރުވުމަށްޓަކައި ކަންކަން ރޭވިފައިހުރި މިންވަރަކީ އެއްވެސް ބަޔަކަށް ނޭގި ދާނެ ކަމެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
ގާސިމް އިބްރާހިމަކީ އެމަނިކުފާނުގެ ޒުވާން އުމުރުގައި ގިނަ ދަތިތަކާއި އެކުވެސް ބުރަ މަސައްކަތްތަކެއް ކުރައްވައިގެން ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ގާބިލް، ހުނަރުވެރި، މަސައްކަތްތެެރި ބޭފުޅެއް ކަމަށާއި، މިގައުމުގެ ހިދުމަތްތެރިންގެ ލިސްޓްގެ އެންމެ ކުރީގައި ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވާނެ ކަމުގައިވެސް އަލީ ސޯލިހު ވިދާޅުވި އެވެ.
"ގާސިމް އިބްރާހިމް ޕާޓީއެއް އުފައްދައިގެން މަސައްކަތް ކުރައްވަނީ ވެސް ހަމަ ރައްޔިތުންގެ ހައްގުގައި. ޒުވާނުންގެ ހައްގުގައި،" އަލީ ސޯލިހު ވިދާޅުވި އެވެ.
ޒުވާނުން ބާރުވެރި ކުރުވުމަށް އެންމެ ގިނަ މަސައްކަތް ކުރެއްވީ ގާސިމް: ޖޭޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ