ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ މުހައްމަދު ޕީޕީއެމްއަށް ސޮއިކުރައްވައިފި އެވެ.
18 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ ޓިކެޓުގައި އިންތިޚާބުވެވަޑައިގެންނެވި އަލީ މުހައްމަދު ޕީޕީއެމްއަށް ގުޅިވަޑައިގެންނެވިކަން ހާމަވީ މިއަދު ކުރިއަށްދާ މަޖިލިސް ޖަލްސާގައި އެވެ.
އެގޮތުން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަނީ އަލީ މުހައްމަދު ޕީޕީއެމަށް ސޮއިކުރެއްވިކަން އިއުލާންކޮށްދެއްވާފައެވެ.
އަލީ މުހައްމަދު ޕީޕީއެމްއާއި ގުޅިވަޑައިގެންނެވިކަން މީގެ ކުރިން ޕީޕީއެމްއިން ހާމަކޮށްފައެއް ނުވެއެވެ.
17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހޮޅުދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި އަލީ މުހައްމަދު އެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ ޑީއާރުޕީ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ. ނަމަވެސް ފަހުން އޭނާ އެމްޑީޕީ އާއި ގުޅިވަޑައިގެންނެވި އެވެ.
އަލީ މުހައްމަދު ވަނީ މިއަދާއި ހަމައަށް މެންބަރުކަމުގައި 27 އަހަރާއި އަށް މަސް ހޭދަކުރައްވައިފަ އެވެ. އޭނާ މެންބަރުކަން ކުރައްވާފައިވަނީ 24 ފެބްރުއަރީ 1985 ން ފެށިގެން 27 ޖުލައި 1988 އެވެ. އަލުން މެންބަރު ކަމަށްވަޑައިގެންފައިވަނީ 24 ފެބްރުއަރީ 1990 ން ފެށިގެން މެދުނުކެނޑި މިއަދާ ހަމައަށެވެ.
އަލީ މުހައްމަދު ޕީޕީއެމަށް ސޮއިކުރެއްވުމާއިއެކު ޕީޕީއެމްގެ މެންބަރުންގެ އަދަދު ވަނީ 41 އަށް އަރާފައެވެ. އަދި އެމްޑީޕީ މެންބަރުންގެ އަދަދު ވަނީ 24 އަށް ވެއްޓިފައެވެ.
ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޕީޕީއެމަށް ސޮއިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ