މުޅީ ޤައުމަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިފައިވަނީ ވަރަށް މަދު ޤައުމެއްގައިި ކަމަށާއި ދިވެހިރާއްޖެ ހިމެނެނީ މުޅި ޤައުމަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ކަަމަށް އެނަރޖީ މިނިސްޓްރީން ބުނެފިއެވެ.
މީޑިއާއަށް މައުލޫމާތު ދިނުމަށް ބުދަ ދުވަހު އެމިނިސްޓެރީގައި ކުރިއަށް ގެންދިއަ މަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އެސިސްޓެންޓް އިންޖިނިއަރ ޢަބްދުއްރަޝީދު ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖެ ހިފެނިފައިވަނީ މުޅި ޤައުމަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިފައިވާ ޤައުމުތަކުގެތެރޭގައި ކަމަށެވެ.
ޢަބްދުއްރަޝީދު ވިދާޅުވީ އިޢާދަކުރަނިވި ހަކަތަ އުފެއްދުމަކީ ކަރަންޓަށް ކުރަންޖެހޭ ހޭދަ ކުޑަވާ ކަމެއް ނަމަވެސް ނިޒާމު ޤާއިމުކުރުމަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑު ކަމަށެވެ.
ޢަބްދުއްރަޝީދު ވިދާޅުވީ ރާއްޖޭގައި ވައިން ކަރަންޓު އުފެއްދޭނެ ކަމުގެ އުންމީދު އޮތީ ހަމައެކަނި އެންމެ އުތުރާއި އެންމެ ދެކުނުގައި ކަމަށެވެ. އަދި އެކަން ދެނެގަތުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
ޢަބްދުއްރަޝީދު ވިދާޅުވީ ރަށްތަކުގެ ކަރަންޓް ސަބްމެރިން ކޭބަލަކުން ގުޅަން ބަލާއިރު އެއީ ވެސް ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެއް ކަމަށާއި މަދު މީސްކޮޅު ދިރިއުޅޭ ރަށްރަށަށް އެގޮތަށް ކަރަންޓު ދިނުމަކީ ދެކޮޅު ޖެއްސޭނެ ކަމެއް ނޫން ކަމަށެވެ.
ޢަބްދުއްރަޝީދު ވިދާޅުވީ ރާއްޖެއަށް އެންމެ ރަނގަޅީ ސޯލާރޕެނެލް ބަހައްޓައިގެން އަވިން ކަރަންޓު އުފެއްދުން ކަމަށާއި އެކަމަށް މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
ޢަބްދުއްރަޝީދު ވިދާޅުވީ ގޭގެ ބޭނުންތަކަށް ހޫނުފެން ބޭނުންވާ ފަރާތްތަކަށް އިރުގެ އަވިން އެކަން ކުރެވެން އެބަހުރި ކަމަށެވެ. އަދި އެކަމަށް ފުރަތަމަ ކުރަންޖެހޭ ހޭދަ ބޮޑު ނަމަވެސް ފަހުން ލިބޭނެ ފައިދާ ވަރަށް ބޮޑުވާނެ ކަމަށެވެ.
ރާއްޖެ ހިމެނެނީ މުޅި ޤައުމަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިފައިވާ މަދު ޤައުމުތަކުގެ ތެރޭގަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ