8 އޮގަސްޓު 2020 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ 32 ވަނަ ބައްދަލަވުމުގައި ސިއްހީ ދާއިރާއާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައިވަނީ ހެލްތު މިނިސްޓްރީއާއި މަޝްވަރާނުކޮށްކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.8 އޮގަސްޓުގައި ކުރިއަށް ގެންގޮސްފައިވާ ރައްޔިތުންގެ އިޖުތިމާއީ ކޮމެޓީގެ ބައްދަލުވުމުގައި ސިއްހީ ދާއިރާއާއި ގުޅޭގޮތުން މައުލޫމާތުދެއްވި ބައެއް ބޭފުޅުން ވިދާޅުވެފައިވާ ވާހަކަތަކާއި ގުޅިގެން ހެލްތު މިނިސްޓްރީއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީގައި ސިއްހީ ދާއިރާއާއި ގުޅޭގޮތުންނާއި، އަދި މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވުމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ފާހަގަކޮށްފައިވާ އެއްވެސް ކަމަކާއި ގުޅޭގޮތުން ކޮމެޓީއަށް މަޢުލޫމާތު ދެއްވުމުގެ ކުރިން އެ ވުޒާރާއި މަޝްވަރާކޮށްފައިނުވާކަމަށެެވެ.ސިއްހީ ދާއިރާގެ މަސައްކަތްތަކީ ވަރަށް ފަންނީ ޚިދުމަތްތަކެއްކަން ފާހަގަކޮށް އެ ދާއިރާގެ މަސައްކަތްތައް ރާވާ ހިންގުމުގައި އަބަދުވެސް އިސްކޮށް ހަރަކާތްތެރިވަމުންދާނީ ދާއިރާގެ ޚާއްސަ ގިންތިތަކުން ތަޖުރިބާ ލިބިފައިވާ މީހުންކަމަށް މިނިސްޓްރީގެ ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ސިއްހީ ދާއިރާގެ ފަންނީ ނިންމުންތަކަކީ، ފަންނީ މީހުން އެކުލެވޭ ކޮމެޓީތަކާއި، އެކަމާއި ގުޅޭ މައުލޫމާތުގެތަކުގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުންތަކެއްކަންވެސް މިނިސްޓްރީއިން ހާމަކުރިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ސިއްހީ ޚިދުމަތްތަކަށް ބޭނުންވާ ގައިޑްލައިންތައް އެކުލަވާލަނީ، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބިނާކޮށް، އެންމެފަހުގެ ހޯދުންތަކާއި ދިރާސާތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަދާހަމަކޮށްފައިކަން މިނިސްޓްރީއިން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ކޯވިޑް ނަވާރައިގެ ބަލިމަޑުކަމުން ސަލާމަތްވުމަށް ކުރެވޭ މަސައްކަތްތައްވެސް ބިނާކޮށްފައިވަނީ، އެކަށީގެންވާ ހެއްކާއި ފަންނީ ލަފަޔާއި އިރުޝާދުތަކުގެ އިތުރުން، ދޭދޭ ގައުމުތަކުގެ ތަޖުރިބާއާއި، ދިވެހި ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށްގެންކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ނުވެފައެވެ. ކޯވިޑް ނަވާރައާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި، ނިންމާފައިވާ ނިންމުންތަކަކީ، ސަރުކާރުގެ ސިޔާސަތުކަނޑައަޅާ ފަރާތްތަކާއި ސިއްހީ ދާއިރާގެ ފަންނީ މާހިރުންނާއި ތަޖުރިބާކާރުންގެ ލަފާގެ މަތިން އަޅާފައިވާ ފިޔަވަޅުތަކެއްކަން ހާމަކޮށް ހެލްތު މިނިސްޓްރީއިން ވަނީ، ކޯވިޑް ނަވާރައިން ސަލާމަތްވުމަށް ކުރެވެމުންދާ މަސައްކަތްތަކީ، އެންމެން ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކެއްކަން ފާހަގަކޮށްފައެވެ. އަދި ސަރުކާރާއި ގުޅިގެން އެ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ދަރުމަވެރިންނަށް އެ ފުރުސަތު ހުޅުވާލާފައިވާނެކަންވެސް މިނިސްޓްރީއިން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ. ސިއްހީ ދާއިރާ ތަރައްގީކުރުމަށް ދުރު ރާސްތާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން އަތޮޅުތެރޭގައި ދެވޭ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނަގޅުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށާއި، އަތޮލޫ ހޮސްޕިޓަލްތަކުގެ ގާބިލްކަން އިތުރުކުރުމަށްވެސް މިނިސްޓްރިއިން މަސައްކަތްކުރަމުންދާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި ކޯވިޑް ނަވާރައިން ރައްކާތެރިވުމަށް ބޭނުންވާނެ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ލެބޯޓްރީއާއި އައިސޮލޭޝަން ފެސިލިޓީގެ އިތުރުން އައިސީޔޫގެ ޚިދުމަތް ސަރަހައްދުތަކުގައި ގާއިމްކޮށް ޚިދުމަތްދިނުމަށް މީހުންވެސް ތަމްރީނުކުރެވިފައިވާނެކަން ހެލްތު މިނިސްޓްރީގެ ބަޔާނުގައި ވަނީ އިތުރަށް ފާހަގަކޮށްފައެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީގެ ޖަލްސާގައި ބައިވެރިވެވަޑައިގަތް ބޭފުޅުން ދެއްކެވި ވާހަކަތަކުގެ ސައްހަކަން ކަށަވަރުކުރަންޖެހޭކަމަށް ހެލްތު މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި އެކަމަކީ މުހިންމުކަމެއްކަން ފާހަގަކޮށް އެ މިނިސްޓްރީއިން ވަނީ ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ޚިޔާލާއި މަޝްވަރާއަށް އެ މިނިސްޓްރީއިން އަބަދުވެސް މަރުހަބާކިޔާނެކަން ފާހަގަކޮށްފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އިޖުތިމާއީ ކޮމިޓީގައި ސިއްހީ ދާއިރާގެ ފަރާތްތަކުން ދެއްކި ވާހަކަތަކަށް ހެލްތު މިނިސްޓްރީން ރައްދު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ