އުލިގަމުގައި ހަތިޔާރު ގުދަނެއްނަހަދާ: އުމަރު ނަސީރު

ހއ. އުލިގަމުގައި ހަތިޔާރު ގުދަނެއް ހަދާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރު ހޯމް މިނިސްޓަރު އުމަރު ނަސީރު ދޮގުކުރައްވައިފިއެވެ. މިރޭ ކުރެއްވި ޓްވީޓްގައި އުމަރު ނަސީރު ވިދާޅުވީ އުލިގަމުގައި ހަތިޔާރު ގުދަނެއް ހަދަަމުން ނުދާކަން ދިވެހި ސަރުކާރުގެ ފަރާތުން ޔަގީންކޮށްދޭ ކަމަށެވެ. On behalf of the govt I confirm that there is NO arms depot in Uligamu. Govt will NOT entertain such a deal involving arms. — Umar Naseer (@UmarNaseerPPM) October 20, 2015 ހަތިޔާރާ ގުޅުން ހުރި އެފަދަ 'ޑީލް'ތައް ސަރުކާރުން ނަހަދާނެ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ. މޯލްޓާގައި ހިންގާ ކުންފުންޏެއް ކަމަށްވާ ސޭފްޓީ އެޓް ސީ ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް (އެސްއޭއެސްއެލް) އިން އުލިގަމުގައި ހަތިޔާރު ގުދަނެއް ގާއިމުކޮށް 200 މީހުންގެ މައްޗަށް އެކުލެވޭ ޔުނިޓެއް ހަދާނެ ކަމަށް ބައެއް މީޑިއާތކުގައި ވަނީ ބުނެފައެވެ. އެ ޔުނިޓްގެ ބޭނުމަކީ އެ ސަރަހައްދުން ދަތުރުކުރާ ބޯޓް ފަހަރަށް ހިމާޔަތް ދިނުން ކަމަށް ބައެއް މީޑިއާ ގައި ވަނީ ރިޕޯޓްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ