ފުޓްސަލް: ފައިނަލަށް ފެނަކަ އާއި އާއި ސްކޫލް

ބ. ގޮއިދޫގައި މިހާރު ކުރިއަށްދާ އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓްގެ ފައިނަލުން ފެނަކަ އާއި ގޮއިދޫ ސްކޫލް ފުރުސަތު ހޯދައިފި އެވެ.
ގޮއިދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލުން ސްކޫލް ޓީމުން ޖާގަ ހޯދީ އެމްޑަބްލިއުއެސްސީގެ މައްޗަށް 6-0 އިން ކުރިހޯދައިގެންނެވެ. ފައިނަލުގެ ފަހު ޖާގަ ފެނަކަ އިން ހޯދީ ރޭ ކުޅުނު މެޗުން ކައުންސިލް އަތުން 9-0 އިން މޮޅުވެގެންނެވެ.
ރޭ ކުޅުނު ފުރަތަމަ މެޗުގައ ސްކޫލް ޓީމުގެ އަލީ ޖަޒްލާން އާއި ޔޫސުފް މުހައްމަދު ވަނީ ހެޓްރިކް ހަދައިފަ އެވެ. މެޗުގެ މޮޅު ކުޅުންެތެރިޔާގެ މަގާމު ހޯދީ ޔޫސުފް މުހައްމަދު އެވެ.
ދެވަނަ މެޗުގައި ފެނަކައިގެ އަހްމަދު ވިޝާމް 4 ލަނޑު ޖެހިއިރު، ޝަމްއޫން ތިން ލަނޑު އަދި އިޝާމް އާއި ހަސަން ނިޒާމް މިއިން ކޮންމެ ކުޅުންތެރިއަކު ލަނޑެއް ކާމިޔާބުކޮށްދިނެވެ.
ގޮއިދޫ އިންޓަރ އޮފީސް ފުޓްސަލް މުބާރާތް އެންމެފަހުގެ ޗެމްޕިއަން ފެނަކަ އާއި ސްކޫލް ކުޅޭ ފައިނަލް މެޗު އޮންނާއީ މިރޭ 8:30 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ