މާލެ، ހުޅުލެ އަދި ހުޅުމާލެ އެއް ކަރަންޓު ވިއުގައަކުން ގުޅުވާލައިފި

މާލެއާއި ހުޅުމާލޭގައި ސްޓެލްކޯއިން ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެ، ހުޅުލެ ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅުވާލައިފިއެވެ.
އެގޮތުން މިއަދު ހެނދުނު ވަނީ މި މަސައްކަތުގެ އެންމެ ފަހު ބައި ކަމަށްވާ، ހުޅުލެ-ހުޅުމާލެ ހައިވޭ މެދުވެރިކޮށް ބްރިޖްގެ މާލެއާއި ވީ ފަޅިން ކަނެކްޝަން ގުޅުވާލުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. މި މަޝްރޫއުގެ ދަށުން ސިނަމާލެ ބްރިޖް ހުރަސްކޮށް ކޭބަލް އަޅާފައިވާއިރު، މިއީ 100 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދެވޭނެ ނިޒާމެކެވެ.
ސްޓެލްކޯ ފިފްތު ޕަވަރ ޕްރޮޖެކްޓްގެ ނަމުގައި ކުރިއަށްދާ މި މަޝްރޫއުގެ ދަށުން އަޅާފައިވާ ކޭބަލްގެ ނިޒާމް ޓެސްޓްކުރުން އޮންނާނީ އަންނަ ހަފްތާގެ ހުކުރު ދުވަހުގައެވެ.
މި މަޝްރޫއުގައި ގާއިމްކޮށްފައިވާ ނިޒާމްގެ ތެރެއިން، މާލެ، ހުޅުލެ ނުވަތަ ހުޅުމާލޭގެ ތެރެއިން ކޮންމެ ތަނަކުން ކަރަންޓު ކެނޑުނަސް، ކޭބަލް މެދުވެރިކޮށް އަނެއް ތަނުން ކަރަންޓު ފޯރުކޮށްދެވޭނެއެވެ.
45 މިލިޔަން ޑޮލަރުގެ އަގުހުރި މި މަޝްރޫއުގެ މަސައްކަތްތައް ކުރަމުންދަނީ ޗައިނާގެ ކުންފުންޏަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ