މާދަމާ ކަރަންޓު ދޭނީ ހިޔާ ފްލެޓްގެ 11 އަދި 12 ވަނަ ޓަވަރަށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މާދަމާ ހާޒިރުވާން ޖެހޭ ގަށި، ފްލެޓްގެ ވެެރިންނަށް އެސްއެމްއެސްގެ ޒަރީއާއިން އަންގާނެ ކަމަށެވެ. އަދި އެ ކުންފުނިން ދޫކޮށްފައިވާ ސްލިޕާއެކު، ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވުމަށް ސްޓެލްކޯއިން އިލްތިމާސް ކުރެއެވެ.
ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ފަށާފައި ވަނީ މިއަދުއެވެ. އެގޮތުން، މިއަދު ކަރަންޓު ދީފައި ވަނީ އެ 15 ވަނަ ޓަވަރަށާއި 16 ވަނަ ޓަވަރަށެވެ. އަދި އެ މަސައްކަތް ކުރާ ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރާނީ ހެނދުނު 9 އިން ފެށިގެން 5 އަށް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އަދި މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް ލިބި ހާޒިރު ނުވެވިއްޖެ ކަމަށްވާނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދެވިގެންދާނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުން ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.
މާދަމާ ކަރަންޓު ދޭނީ ޓަވަރު 11 އަދި 12 އަށް: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ