މައުމޫން ނަސްރީނާއަށް: ތި ލޮތްބަކީ މި ދުނިޔެމަތީގެ ކަމެއް ނޫން

ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު ކަފާލާތުގެ ދަށުން ދާދިފަހުން ދޫކޮށްލެއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް، އަނބިކަބަލުން ނަސްރީނާ އިބްރާހިމަށް ތައުރީފް ކުރައްވައިފި އެވެ.
"ތި ލޮތްބަކީ މިދުނިޔެމަތީގެ ކަމެއް ނޫން ކަމެއް ނޫން. ތި ވަފާތެރިކަމުގައި ހައްދެއް ނެތް" މިހެން ވިދާޅުވެ ކުރީގެ ރައީސް މައުމޫން ވަނީ އަނބިކަބަލުން ނަސްރީނާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.
އަނބިކަބަލުން ނަސްރީނާގެ ފޮޓޯއަކާއިއެކު އެ މަނިކުފާނު ކުރެއްވި ޓްވީޓްގައި ވަނީ ނަސްރީނާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ނަސްރީނާއަކީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާކަމަށް ވިދާޅުވެ އެ ނިއުމަތަށް މާތް ﷲ އަށް ޝުކުރުވެރިވާ ކަމަށް ކުރީގެ ރައީސް މައުމޫންގެ ޓްވީޓްގައި ވަނީ ވިދާޅުވެފަ އެވެ.
1969 ގައި މިސްރުގައި ކައިވެނި ބައްލަވައިގަނެ މައުމޫން އަދި ނަސްރީނާއަށް ދެ ދަރިކަނބަލުންނާއި ދެ ދަރިކަލުން ލިބިވަޑައިގަންނަވާފައެވެ.
ރައީސް މައުމޫންގެ ވެރިކަމުގައިވެސް ސިޔާސީ މައިދާނާއި ދުރުގައި ހުންނެވި ނަސްރީނާވަނީ އެ މަނިކުފާނު ހައްޔަރުކުރުމުން އެ މަނިކުފާނު މިނިވަންކޮށްދިނުމަށް އެދި އަޑު އުފުލާފައެވެ. މިއީ އެ ކަމަނާ ސިޔާސީ ކަމެއްގައި ހަރަކާތްތެރިވި ފުރަތަމަ ފަހަރުވެސް މެއެވެ. އަދި ޖަލުގައި ހުންނެވިއިރު އެ ކަމަނާ ވަނީ މައުމޫން ގޭ ބަންދަށް ނަމަވެސް ބަދަލުކޮށްދިނުމަށް އެދި އެތައް މުއައްސަސާތަކަކަށް ދަންނަވާފައެވެ.
ޖަލުގައި މައުމޫން ހޭދަކުރެއްވި ދުވަސްތަކުގައި އެމަނިކުފާނުގެ ހާލު ގޯސްވެގެން ނަސްރީނާ ގިނަ ރޭރޭ ވަނީ ދޫނިދޫއަށް ވެސް ވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ