ޔަމަންގައި ފަށައިގެން އުޅޭ އަހުލީ ހަނގުރާމައިން ސަލާމަތްވުމަށްޓަކައި އެތައް ހާސް ރައްޔިތުންނެއް އެ ޤައުމު ދޫކޮށް ރަތް ކަނޑު ހުރަސްކުރަން ފަށައިފި އެވެ.
ޔަމަންގެ އެތައް ހާސް ރައްޔިތުންނެއް އެ ގައުމު ދޫކޮށްދާން ފަށާފައިވާއިރު، އެމީހުން ދަތުރުކުރަމުންދަނީ ރަތް ކަނޑު ހުރަސްކޮށް ޖިބޫތީއަށެވެ. ޔަމަންގެ އެތައްހާސް އާއިލާއެއް ޖިބޫތީއަށް ދިއުމަށްޓަކައި ރަތްކަނޑު ހުރަސްކޮށް ކުރަ ދަތުރުތަކަކީ ނުރައްކާތެރި ދަތުރުތަކެއްގެ ގޮތުގައި އަލް ޖަޒީރާއިން ސިފަކޮށްފައި ވެއެވެ. ގާތްގަނޑަކަށް 10 ގަޑިއިރުގެ ދަތުރަކަށްފަހު ޔަމަންގެ ރައްޔިތުންނަށް ޖިބޫތީއަށް ދެވޭއިރު، އެ ގައުމުންވެސް ޔަމަންގެ ރައްޔިތުންނަށް ކުއްލި އެހީތެރިކަން ފޯރުކޮށްދެވިފައިނުވާކަން ފާހަގަކޮށްލެވެ އެވެ.
2011 އަހަރުން ފެށިގެން މުޅި ދުނިޔޭގައިވެސް އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނުގެ އެތެރޭގެ ހަނގުރާމަތައް ދަނީ ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުންނެވެ. ޔަމަންގައި ފެށިގެން އުޅޭ އަހުލީ ހަނގުރާމައިގެ ތެރޭގައި އެ ރަށުން ހޫތީ ހަނގުރާމަވެރިން ފައްސައިލުމަށްޓަކައި ނުވަތަ ބަލިކޮށްލުމަށްޓަކައި، ސައޫދީ އަރަބިއްޔާގެ ގުޅިފައިވާ ލަޝްކަރާއި ޔަމަން ސަރުކާރުގެ ސިފައިން އެ ރަށް ހިސޯރު ކޮށްގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެ އެވެ.
ޔަމަންގައި ކުރިއަށްދާ މި ހަނގުރާމައިގައި އެ ގައުމުގެ ރައްޔިތުން ފިތިފައިވާއިރު، އެ ގައުމުގެ ރައްޔިތުން މިހާރު ތިބީ ބޯފެނާ ކަބޯތަކެތި ނުލިބި ބަނޑަށް ޖެހިފައެވެ.
ހަނގުރާމައިން ސަލާމަތްވުމަށް ޔަމަންގެ ރައްޔިތުން ރަތްކަނޑު ހުރަސް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ