ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ޖުމްހޫރީ ޕާޓީގެ ބާނީ އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް ދިނުމަށް އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ހިމެނޭ ޕާލިމެންޓްރީ ގުރޫޕުން މިރޭ ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ މ.ކުނޫޒުގައި މިއަދު ބޭއްވި ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައެވެ.
މަޖިލީހުގެ ރައީސްކަން ގާސިމް އަށް ދޭން ފާސްކުރިއިރު، މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވަނީ ވައްދާފައެވެ. އެ މައްސަލަ މަޖިލީހަށް ވެއްދީ 51 މެމްބަރުންގެ ސޮޔާއެކުއެވެ. މަސީހު މަގާމުން ދުރުކުރަން ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ މެމްބަރުންތަކެއް ވެސް ހިމެނިވަޑައިގަންނަވައެވެ.
މަޖިލީހުގެ ރައީސްކަން ގާސިމް އަށް ދިނުމަށް ނިންމާފައިވާއިރު، މަސީހު މަގާމުން ދުރުކޮށްފިނަމަ މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާނެކަން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ މިއަދު އިއުލާން ކުރައްވާފައެވެ.
މަސީހު މަގާމުން ދުރުކުރުމުގެ މައްސަލަ، މަޖިލީހުގެ އިދާރާ އިން ވަނީ އަންނަ މަހުގެ އަށްވަނަ ދުވަހަށް ތާވަލުކޮށްފައެވެ.
އިތުރު ތަފްސީލް އަންނަނީ
މަޖިލީހުގެ ރައީސްކަން ގާސިމް އަށް ދޭން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ