ބޮޑު ޝަރީޢަތް ފަށައިފި، ސުޕްރީމް ކޯޓު ކައިރި އަމާން

ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން އިންތިޚާބު ބާއްވައިދިނުން އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ދެވަނަ އަޑުއެހުން ސުޕްރީމް ކޯޓުގައި ފަށައިފިއެވެ.
މިއަދުގެ ޝަރީޢަތައް ވަންނަން ރޭ ފަތިހުން ފެށިގެން ގިނަ ބަޔަކު ކިއު ހަދައިގެން ތިއްބެވެ. އިއްޔެ ޝަރީޢަތައް ވަންނަން ކިއު ހެދި މީހުންގެ ތެރޭގައި ގިނައިން ހިމެނުނީ ޕީޕީއެމްގެ ސަޕޯޓަރުން ކަމަށް ވީނަމަވެސް މިއަދު ކިއު ހެދި މީހުންގެ ތެރޭގައި ގިނައިން ތިބީ އިދިކޮޅު ސަޕޯޓަރުންނެވެ.
އިއްޔެ އާއި ހިލާފަށް މިއަދު ސުޕްރީމް ކޯޓު ކައިރި އޮތީ މާބޮޑަށް ވެސް އަމާންކޮށެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް އިދިކޮޅު ސަޕޯޓަރުން މިއަދު ވެސް ސުޕްރީމް ކޯޓު ކައިރީގައި ހަރަކާތްތެރިވެއެވެ. އެމީހުން ވަނީ ސުޕްރީމް ކޯޓުގެ ކުރިމަތިން ދުރަށް ޖައްސާފައެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ