ގެއްލިގެން އުޅޭ ހެނބަދޫ ޒުވާނަކު ފުލުހުން ހޯދަނީ

ވީނުވީއެއް ނޭނގި ގެއްލިގެން އުޅޭ ކަމަށް ފުލުހުންނަށް ހުށަހެޅުމުން، ނ. ހެނބަދޫ ޒުވާނަކު ފުލުހުން ހޯދަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި، ވީނުވީއެއް ނޭނގި ގެއްލިގެން ނ. މަނަދޫއަށް ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ގޮތުން ފުލުހުން ހޯދަމުން ދަނީ ނ. ހެނބަދޫ، އެންދެރިމާގޭ މުހައްމަދު އަޒުމީރު (25 އަހަރު) ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނ. މަނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792039 ނުވަތަ 3322111 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދިފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ