ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމްގެ މާލީ ބަޔާން އާންމުކުރައްވައިފިއެވެ.
ހަލީމްގެ މާލީ ބަޔާނުގައި ވާގޮތުން މިދިޔަ އަހަރު މުސާރައިގެ ގޮތުގައި 360000 ރުފިޔާ ލިބިފައިވާއިރު އެލަވަންސްގެ ގޮތުގައި 211800 ރުފިޔާ ލިބިފައި ވެއެވެ. އަދި ކުލީގެ ގޮތުގައި 400000 ރުފިޔާ ލިބިފައިވާކަމަށް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން 78000 ރުފިޔާގެ ސައިކަލަކާއި 390000 ރުފިޔާގެ ލޯންޗެއް އަދި އެމްޓީސީސީގެ 10 ހިއްސާއާއި ދިރާގުގެ 100 ހިއްސާއާއި އުރީދޫގެ 300 ހިއްސާ ގާޒީ ހަލީމްގެ މިލްކިއްޔާތުގެ ގޮތުގައި ހިމަނުއްވާފައި ވެއެވެ.
ދަރަނީގެ ގޮތުގައިވަނީ ލޯންޗުގެ އިންޖީނު ގަތުމަށް އިސްލާމިކް ބޭންކުން ނަގައިފައިވާ 98065.76 ރުފިޔާއާއި ބީއެމްއެލްގެ 92972.17 ގެ ލުއި ލޯނެކެވެ.
ގާޒީ ހަލީމް މާލީ ބަޔާން ޢާއްނު ކުރެއްވިއިރު މިއީ ގާޒީއަކު މިފަދަ ގޮތަކަށް ބަޔާން އާއްމު ކުރެއްވި ފުރަތަމަ ފަހަރެވެ.
ގާޒީ ހަލީމް މާލީ ބަޔާން އާއްމު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ