ހއ. ކެލާ އާއި ނ. ހެނބަދޫ ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
އެމްޓިސީސީން ބުނީ، ޕްލޭނިން މިނިސްޓްރީން 12.57 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ ކެލާގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
ކެލާގެ ބަނދަރު ހެދުމުގެ މަޝަރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އަދި މި މަޝްރޫއުގެ ދަށުން 16،264 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި 30.50 މީޓަރުގެ ފެނަލް ބްރޭކް ވޯޓަރ ލުމާއި އަދި 220 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖައްސާފައި ކަމަށް އެމްޓިސީސީން މައުލޫމާތުދެއެވެ. މީގެ އިތުރުން ބަނދަރުގެ 1445 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށް އެމްޓިީސީސީން މައުލޫމާތުދެއެވެ.
އަދި އެމްޓީސީސީން ބުނީ ޕްލޭނިން މިނިސްޓްރީން 27.6 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ ހެނބަދޫގެ ބަނދަރު ހެދުމުގެ މަސައްކަތް މިދިޔަ ހުކުރު ދުވަހު ފަށާފައިވާ ކަމަށާއި ހެނބަދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ނިންމަން ދީފައިވަނީ 300 ދުވަސް ކަމަށެވެ.
އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން ހެނބަދޫގައި 12.616،44 ސީބީއެމްގެ ބިން ހިއްކުމާއި 223 މީޓަރު ބްރޭކް ވޯޓަލުމާއި އަދި 86 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖައްސާފައިވާ ކަމަށެވެ. މީގެ އިތުރުން ބަނދަރުގެ 1،015 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
އެމްޓިސީސީން ބުނީ ބަނދަރު ހެދުމުގެ މި ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓު ހަދައި، ނިންމަން ޖެހޭ މަރުހަލާތައް ނިންމުމަށް ފަހު ކަމަށެވެ.
ކެލާ އާއި ހެނބަދޫ ބަނދަރު ހެދުމުގެ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ