ވޭމަންޑޫ އިންޖީނުގޭގައި ރޯވުން: ކަރަންޓު މައްސަލައަށް އަވަސް ހައްލެއް ހޯދަން ޖެންސެޓެއް ގެންގޮސްފި

ވޭމަންޑޫ އިންޖީނުގޭގައި ރޯވެ އެރަށުން ކަރަންޓު ކެނޑިފައިވާތީ އެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ޖެންސެޓެއް ގެންގޮސްފި އެވެ.
އިއްޔެ މެންދުރު 2:30 އެހާކަންހާއިރު ވޭމަންޑޫ އިންޖީނުގޭގައި ކުއްލި ގޮތަކަށް ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގައި ހުރި ޖަނަރޭޓަރުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އެކަމާ ގުޅިގެން މުޅި ރަށުން ވަނީ ކަރަންޓު ކެނޑިފަ އެވެ.
ފެނަކައިން މިއަދު ބުނީ، ވޭމަންޑޫ ކަރަންޓު މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ތ. ގުރައިދޫން 360 ކިލޯވޮޓްގެ ޖެންސެޓެއް މިއަދު ހެނދުނު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.
ވޭމަންޑޫއަށް ޖެންސެޓެއް ގެންގޮސްފައިވާއިރު، އެރަށުގެ ހާލަތު ބެއްލެވުމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ރޭ ވަނީ އެރަށަށް ވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ