ކްރިމިނަލް ކޯޓްގެ ގާޒީ ކަމަށް ނުވަ ބޭފުޅެއް

ކްރިމިނަލް ކޯޓްގެ ގާޒީ ކަމަށް ނުވަ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
އެ ކޯޓްގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލީ ޖޫން ހަތްވަނަ ދުވަހު އެވެ. އެ ކޮމިޝަނުން ބުނީ މުއްދަތު ހަމަވިއިރު ޖުމްލަ ނުވަ ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ގާޒީ ކަމަށް ދެ ބޭފުޅަކު ހަމަޖައްސާނެ އެވެ.
ގާޒީ ކަަމަށް ކުރިމަތިލެއްވި ބޭފުޅުން
އާދަމް އާރިފް - ދެރަހަ/ހއ. ކެލާރަފީއުއްދީން އަހުމަދު - ސްނޯޑައުން/ސ. ހިތަދޫއަލީ ނަދީމް - ފްރީޕާކް/އދ. މާމިގިލިއިބްރާހިމް އިހްސާން - އެށެވެލި/ސ. މަރަދޫއަހުމަދު ތައުފީގު - ޑޭޒީމާގެ/ ހއ. ދިއްދޫއާއިމިނަތު އަޒްލިފާ - ގުލާބީގެ/ރ. ރަސްގެތީމުއިސްމާއީލް ޝަފީއު - މ. ތްރީސިސްޓާސް/ކ. މާލެސުލައިމާން މުހައްމަދު - ނޫރާނީގެ/ޅ. ކުރެންދޫމުހައްމަދު ސަމީރު - ހިތްވަރު/ރ. އިނގުރައިދޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ