ކުޅުދުއްފުއްޓަށް ނަޝީދު ވަޑައިގަންނަވާއިރު، ހަމަނުޖެހުމެއް ހިނގާފާނެތީ ފުލުހުންގެ އެހީތެރިކަމަށް އެދެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ އިރު، އެ ރަށުގައި ހަމަނުޖެހުމެއް ހިނގާފާނެތީ، އެ ކަމާ ބެހޭ ގޮތުން، ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ކުޅުދުއްފުށީ ފުލުހުންނާ މަޝްވަރާކޮށްފި އެވެ. ފުލުހުން ވެސް ވަނީ "ހަވީރަ"ށް އެކަން ކަށަވަރުކޮށްދީފަ އެވެ. "ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާތީ ހިނގާފާނެ ކަމަކާ ގުޅޭ ގޮތުން އެކޮޅު [ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން]ގެ ކޮމާންޑަރާއެކު އެ ބޭފުޅުން ވަނީ މަޝްވަރާ ކޮށްފައި. ދެ ފަރާތުން އެއްބަސްވާ ގޮތަކަށް ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެހެން ނަމަވެސް، ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާތީ، ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަންކަމުގެ ތަފުސީލެއް ފުލުހުން ނުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ