ސްޓެލްކޯއިން ފާއިތުވި ރޯދަމަހު މުވައްޒަފުން ލައްވާ އިތުރުގަޑީގައި މަސައްކަތް ކުރުވުމަށްފަހު އިތުރުގަޑިގެ ފައިސާ ނުދީ ހިފަހައްޓައިފި!

‏ސަރުކާރުގެ ހިއްސާ އޮންނަ ސްޓެލްކޯ ކުންފުނިން މި ނިމި ދިޔަ ރަމަޟާން މަހު އެކުންފުނީގެ މުވައްޒަފުން ލައްވާ އިތުރު ގަޑީގައި މަސައްކަތް ކުރުވި ނަމަވެސް، އިތުރު ގަޑި (OT) ފައިސާ މުސާރައިގައި ހިމަނާފައި ނުވާ ކަމުގެ މައުލޫމާތު ފެންމަތިވެއްޖެއެވެ.
‏މިކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަސް ކުންފުނީގެ އިސްވެރިންނަށް ގުޅާލުމުން އިސްވެރީން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.
‏އޭގެ އިތުރުން ސްޓެލްކޯއިން މިހާރުވަނީ އިތުރުގަޑީގެ ގޮތުގައި މުވައްޒަފުންނަށް ލިބޭ ފައިސާގެ އަދަދުތައް ކުޑަވެސް ކޮށްފައެވެ. އެގޮތުން އިތުރުގައި ފައިސާ ކުޑަ ކުރި އަދަދު ތައް ތިރީގައި އެވަނީއެވެ.
‏208% އިން %190‏190% އިން %103
‏ސްޓެލްކޯގެ ބައެއް މުއަޒަފުން “ދިޔަވަރު އޮންލައިން”އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ %103 އަކީ އާންމު މަސްތަކުގައިވެސް އިތުރުގަޑީގައި މަސައްކަތް ކޮއްގެން ލިބޭ އޯޓީ އައްވުރެ ދަށް ޕަސަންޓެކެވެ.
ސްޓެލްކޯއިން ދަނީ އެ އެމްޑީޕީގެ މަޖިލިސް ކެމްޕޭންގައި ބައިވެރިވެފައިވާކަމަށް ބުނެ ކުންފުނީގެ މަގާމްތަކުން މުއްވަޒަފުން ވަކިކުރަމުންވެސްމެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ