އަބުދުއްރަހީމް ވިދާޅުވަނީ އޭނާގެ ދަރިފުޅަށްވުރެ ބާރުގަދަ އެހެން ވަޒީރަކު މި ސަރުކާރުގެ ކެބިނެޓުގައި ނުހުންނާނެ ކަމަށް!

މި ސަރުކާރުގެ ކެނބިނެޓުގައި އޭނާގެ ދަރިފުޅަށްވުރެ ވާރުގަދަ ވަޒީރަކު ނުހުންނާނެ ކަމުގައި ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް ލ. އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ހައްދުންމަތީގެ ސިޔާސީ ތާރީހު މުއިއްޒު ބަދަލުކޮށްދެއްވާފައިވާ ކަމަށާއި ދިވެހި ދައުލަތް ހިނގަމުން އަންނަތާ 4،000 އަހަރު ވީއިރު މީގެކުރިން ރާއްޖޭގެ އެންމެ ފަތީ ފަނޑީގައި ހައްދުންމަތީގެ ބޭފުޅަކު ދުވަހަކު ވެސް ހިމެނިފައި ނުވާ ކަމަށެވެ.
“އެހެންނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެ މަނިކުފާނު އެކުލަވައިލެއްވި ފުރަތަމަ ކެބިނެޓުގައި، އެ ކެބިނެޓުގެ އެންމެ ބާރުގަދަ ދެ ވަޒީރުންގެ ގޮތުގައި ތިއްބެވީ ފޮނަދޫގެ ދެ ބޭފުޅުން. ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް. އޭގެ އިތުރުން އަޅުގަނޑު ވެސް އޭގެ ކޮންމެވެސް ހިސާބެއްގައި އެބަ ލައްވައިލާ،” އަދުރޭ ވިދާޅުވި އެވެ.
އަބުދުއްރަހީމް ވިދާޅުވީ އެހެންކަމުން މި ސަރުކާރު ދެމެހެއްޓުމަކީ ފޮނަދޫ ރައްޔިތުންނަށް އޮތް ވާޖިބެއް ކަމުގައެވެ.
މިސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރަކީ އޭނާގެ ދަރިފުޅުކަމަށް އަބުދުއްރަހީމް ވިދާޅުވިއިރު, ބޭރުގެ ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކުރުމަށް ވަޑައިގެން އަބުދުއްރަހީމްގެ ދަރިފުޅު އިބުރާހިމް ފައިސަލް ދައްކަވަމުން ގެންދަވާ ވާހަކަތަކުގެ ސަބަބުން ރާއްޖެ އިސްތިހާރު ވުމުގެ ބަދަލުގައި ބަދުނާމު ވަމުންދާކަން ވަނީ ވަރަށްވެސް ރަގަޅަށް ހާމެވެގެން ގޮސްފައެވެ.
އަދި އޭނާވަނީ ޔޫއެންގެ އާންމު މަޖިލީހުގައި “ބްރޯކެން އިންގްލިޝް” އިން ވާހަކަ ދައްކަވާ މުޅި ރާއްޖެ ލަދުގަންނުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ