އަރުހަމް މަރާލި މައްސަލަ ނިމުމަކާ ގާތުގައި ވަނިކޮށް. އެ މައްސަލަ ބަައްލަވާ ގާޒީ ބަދަލުކޮށްފި
މީގެ ދެ އަހަރު ކުރިން ލޮރެންޒޯ ޕާކް ތެރޭގައި މަރާލާފައި އޮއްވައި ފެނުނު އަހުމަދު އަރުހަމްގެ މަރުގެ މައްސަލައިގެ ޝަރީއަތް ނިމުމަކާ ގާތުގައި އޮއްވައި، އެ މައްސަލަ ބަލަން އެހެން ގާޒީއަކާ ހަވާލުކޮށްފި އެވެ. ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކް ތެރޭގައި، ހއ. ހޯރަފުށީ ނޫރީގޭ އަހުމަދު އަރުހަމް މަރައިލި މައްސައިގައި ހަތަރު މީހެއްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ނިމުމަކާ ގާތުގައި ވަނިކޮށް، އެ މައްސަލަ ބެލުން މިހާރު ހަވާލުކޮށްފައިވަނީ ގާޒީ އަބްދުﷲ ދީދީއާ ކަމަށް "ހަވީރަ"ށް ވަނީ އެނގިފަ އެވެ. ކުރިން އެ މައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ މުހުތާޒް ފަހުމީ އެވެ. އާންމު ގޮތެއްގައި ގާޒީ ބަދަލުވެއްޖެ ނަމަ އިތުރު އަޑުއެހުންތަކެއް ބާއްވައި، އެ ގާޒީއަކު އިތުރަށް ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރާނެ އެވެ. އަރުހަމް މަރައިލި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާނާއި ލ. މާވަށް އެވާބްލޫގޭ މުހައްމަދު ވިސާމާއި ހަމަ އެ ރަށު އަސަރީގޭ މަންސޫރު ޔޫސުފްގެ އިތުރުން މއ. ސީނަރީވިއު އާތިފް ރަޝީދުގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ