ޕްރޮގްރެސިޕް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްއިން އިތުރަށް ވަރުގަދަ ކުރުމަށާއި އެޕާޓީން ޤައުމަށް ކޮށްދެމުންގެންދާ ހިދުމަތް އިތިރަށް ފުޅާކުރުމަށް އާ އަޒުމަކާއި އެކު މަސައްކަތް ކުރުމަށް އެޕާޓީގެ އިންތިޤާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގޮވައިލައްވައިފިއެވެ.
ރައީސް މައުމޫން ޕީޕީއެމްގެ މެމްބަރުން މިމޭރުމުން ގޮވައިލެއްވީ މިއަދު ފާހަގަ ކުރަމުންގެންދާ އެޕާޓީގެ ފުރަތަމަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޕާޓީގެ މެމްބަރުންނަށް ފޮނުއްވި މެސެޖެއްގައެވެ.
ޕީޕީއެމްގެ ފުރަތަމަ އަހަރީދުވަސް މިއަދު ފާހަގަ ކުރަމުން ގެންދާއިރު އެޕާޓީއަކީ ޑީއާރުޕީގައި ރައީސް މައުމޫނު ހުންނެވިއިރު ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތަކުން އުފެއްދި "ޒެޑް ފެކްޝަން" ޒެޑް ޑީއާރުޕީން ނުވަތަ ޒައީމް ޑީއާރުޕީން އުފެދިގެންއައި ޕާޓީއެކެވެ.
ޕީޕީއެމް އުފެދުނުއިރު ޑީއާރުޕީގެ މެމްބަރޝިޕްގައި 38 ހާހަށްވުރެ ގިނަ މެމްބަރުން ތިބިނަމަވެސް މިހާރު އެއަދަދުވަނީ 26 ހާހަށް ވެއްޓިފައެވެ. އަދި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޕީޕީއެމްގެ މެމްބަރުންގެ ޢަދަދުވަނީ 17 ހާހަށްވުރެ މައްޗަށް އަރާފައެވެ.
އާ އަޒުމަކާއިއެކު ޕީޕީއެމްއިން މަސައްކަތް ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ