ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ޝަހީދު އާއި ހައިލަަމް ހަމަޖައްސައިފި
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ސ. ފޭދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގައި ހުންނެވި ހުސައިން ޝަހީދު އާއި ޕީޖީ އޮފީހުގައި ކުރިން މަސައްކަތް ކުރެއްވި ގާނޫނީ ވަކީލު އަހުމަދު ހައިލަމް ހަމަޖައްސައިފިއެވެ. މިއަދު ބޭއްވި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައްދަލުވުމުގައި ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ވެސް ބޭފުޅަކު ވަނީ ހަމަޖައްސަވާފައެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހަމަޖެއްސެވީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި މުހައްމަދު ނިޔާޒެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ހަމަޖެއްސެވި ޝަހީދު އާއި ހައިލަމަކީ ވެސް އައްޑޫ ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. ޝަހީދު އާއި ހައިލަމް ގާޒީ ކަމަށް ހަމަޖެއްސެވުމާ އެކު ކްރިމިނަލް ކޯޓުގެ ގާޒީންގެ އަދަދު ހަތަކަށް އަރާނެވެ. މިހާރު އެ ކޯޓުގައި ތިއްބެވި ގާޒީންގެ ތެރެއިން އަހުމަދު ރަޝީދު ހުންނެވީ ސަސްޕެންޝަންގައެވެ. ނިޔާޒު ފަނޑިޔާރު ކަމަށް ހަމަޖެއްސެވުމާއެކު ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ