ދުވާފަރު ރައްޔިތުން ތިބީ ރައީސް ޔާމީނާއެކު
ދުވާފަރުގެ ރައްޔިތުން ތިބީ ރައީސް ޔާމީނާއެކު ކަމަށް ދުވާފާރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.ޗެނަލް ތާޓީން އަށް މައުލޫމާތު ދެއްވަމުން ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ ވިދާޅުވީި އިއްޔެ ހަވީރު ދުވާފަރުގައި ބޭއްވި ރެލީ އިންވެސް، އެރަށުގެ ރައްޔިތުން ތިބީ ރައީސް ޔާމީނާއެކުކަން ވަރަށް ރަނގަޅަށް ހާމަވެގެން ދާ ކަމަށެވެ. އެގޮތުން 400 އަށްވުރެ ގިނަ ރައްޔިތުން އެ ރެލީގައި ބައިވެރިވެފައިވާކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް އެރަށުން ބޮޑު އަގުލަބިއްޔަތެއް ލިބޭނެކަމަށްވެސް މުހައްމަދު ވިދާޅުވިއެވެ. މުހައްމަދު ވިދާޅުވީ ރައީސް ޔާމީނަށް އޮތް ތާއީދު ދައްކާލުމަށްޓަކާ ޕީޕީއެމް އިން އިންތިޒާމްކޮށްގެން އިއްޔެ ހަވީރު ރެލީ ބޭއްވި އިރު، އެމްޑީޕީ އިންވެސް އެރަށުގައި އިވެންޓެއް ބާއްވާފައިވާކަމަށެެވެ. ނަމަވެސް އެތަނުގައި ތިބީ މަދު މީސްކޮޅެއް ކަމަށް މުހައްމަދު ވިދާޅުވިއެވެ. މުހައްމަދު އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް އޮތް ތާއީދު އިތުރުކުރުމަށް ދުވާފަރުގައި ސިލްސިލާކޮށް ހަރަކާތްތައް ބާއްވަމުން އަންނަ ކަމަށެވެ. އަދި އެ ހަރަކާތްތަކުގައި ބައިވެރިވާ ރައްޔިތުންގެ ފަރާތުން ފަހަރަކަށް ވުރެ ފަހަރެއް، ރައީސް ޔާމީނަށް އޮންނަ ތާއީދު އިތުރުވަމުން އަންނަ ކަމަށް މުހައްމަދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ