ޕީޕީއެމްގެ ވަގުތީ ރައީސް ކަމަށް މައުމޫން، ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް ޔާމީން ހޮވައިފި

5:30- ޕީޕީއެމް އުފެއްދުމުގެ ޖަލްސާ ނިންމަވާލެއްވުމުގެ ގޮތުން ޕާޓީގެ ވަގުތީ ރައީސް މައުމޫން ވާހަކަފުޅު ދެއްކެވި. އެ މަނިކުފާނު ވިދާޅުވީ އެއީ "ވަކި މީހެއްގެ ޕާޓީއެއް ނޫން" ކަމަށާއި ވަކި މީހަކަށް ސިޔާސީ މައިދާނުގައި ވަކި ކަހަލަ ފުރުސަތުތަކެއް ހޯދައިދޭނެ ޕާޓީއެއް ނޫން ކަމަށް. އޭގެ ބަދަލުގައި ޕީޕީއެމް އިން މަސައްކަތް ކުރާނީ ދިވެހި ގައުމާއި އިސްލާމްދީނަށްޓަކައި ކަމަށް މައުމޫން ވިދާޅުވި. އަދި މައުމޫން ވިދާޅުވީ ޕީޕީއެމް އަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޕާޓީއެއް ކަމަށް. 5:10- އިންތިގާލީ ކައުންސިލަށް ހޮވުނީ އުމަރު ނަސީރު، މުހައްމަދު ހުސެއިން ޝަރީފު (މުންދު) އައިޝަތު އާޒިމާ ޝަކޫރު، މުހައްމަދު ވަހީދު އިބްރާހީމް، އަހުމަދު ފާރިޝް މައުމޫން، އަނީސާ އަހުމަދު، މާޒް އަހުމަދު ސަލީމް، އިބްރާހިމް ނާޒިމް، ރާޝިދާ ޔޫސުފު، އައިޝަތު ޝިހާމް، އަހުމަދު ސިއްދީގު، ޑރ. އަބްދުއްސަމަދު އަބްދުﷲ، މުހައްމަދު ނިމާލް، އަސްމާ ރަޝީދު، އިބްރާހިމް މުއާޒް އަލީ، އަހުމަދު ނަސީމްޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ އިންތިގާލީ ކައުންސިލަށް އިންތިހާބުވީ އަބްދުﷲ ޔާމީނާއި އަހުމަދު މަހުލޫފާއި މުހައްމަދު މުޖުތާޒާއި އަލީ އާރިފާއި އަބްދުލް މުހުސިން ހަމީދާއި އަހުމަދު ނިހާން ހުސެއިން މަނިކާއި އަބްދުއްރަހީމް އަބްދުﷲ އާއި ހަމްދޫން ހަމީދާއި އިލްހާމް އަހުމަދާއި އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އަދި ޑރ. އަފްރާޝީމް އަލީ އެވެ. މީގެ އިތުރުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް 14 ވޯޓުގެ އިއްތިފާގުން އިންތިހާބުވެ ވަޑައިގަތީ މުލަކު ދާއިރާގެ ޔާމީނެވެ.2:29- އިންތިގާލީ ކައުންސިލަށް
ޕާލިމެންޓްރީ ގްރޫޕުން ހޮވާ 11 މެންބަރުންގެ އިންތިހާބުގައި ދެ މެންބަރެއްގެ ވޯޓު އެއްވަރުވުމުން އަލުން ވޯޓް ނަގަނީ.2:05- އިންތިގާލީ ކައުންސިލަށް މެންބަރުން ހޮވުމަށް ވޯޓު ނަގާ ނިމިއްޖެ. މިހާރު ދަނީ ވޯޓް ގުނަމުން. އެންމެން ވޯޓުގެ ނަތީޖާގެ އިންތިޒާރުގައި. 12:20- އިންތިގާލީ ރައީސް ކަމަށް އިއްތިފާގުން މައުމޫން ހޮވައިފި. މަގާމަށް ކުރިމަތިލެއްވީ ވެސް މައުމޫން އެކަނި.މިރޭ ފާސްކުރި އަސާސީ ގަވާއިދު ބުނާ ގޮތުން ހަ މަސް ތެރޭ އިންތިހާބު ބާއްވަންޖެހޭ. 11:59- އިންތިގާލީ ކައުންސިލަށް ހުށަހެޅި ނަންތައް އިއުލާނުކޮށްފި. 26 ބޭފުޅަކު ކުރިމަތިލެއްވި. އޭގެ ތެރޭގައި އާއިޝަތު އާޒިމާ ޝަކޫރާއި ރާޝިދާ ޔޫސުފާއި އައިޝަތު ޝިހާމާއި އަނީސާ އަހްމަދާއި ފާރިޝް މައުމޫނާއި އުމަރު ނަސީރާއި މުހައްމަދު ނިމާލް އަދި މުހައްމަދު ހުސެން ޝަރީފް (މޮންދު) ހިމެނޭ.، އިންތިގާލީ ކައުންސިލްގައި ތިއްބަވާނީ 31 މެންބަރުން. އޭގެ ތެރެއިން 11 މެންބަރުންނަކީ ޕާލިމެންޓްރީ ގްރޫޕްގެ ބޭފުޅުން. އަދި ތިން ބޭފުޅަކު އައްޔަންކުރައްވާނީ ވަގުތީ ރައީސް. 11:39- ގާނޫނީ ގޮތުން ޕީޕީއެމް ތަމްސީލުކުރާ ފަރާތަކީ އިންތިގާލީ ކައުންސިލް ކަމަށް ފާސްކޮށްފި. އަދި ޕާޓީގެ ނަމަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ކަމަށް އިއްތިފާގުން ފާސްކޮށްފި. ޕާޓީގެ މަގުސަދު ވެސް ހުށަހެޅި ގޮތަށް އިއްތިފާގުން ފާސްކޮށްފި.11:33- ޕާޓީގެ އަސާސީ ގަވާއިދު 803 ވޯޓުން ފާސްކޮށްފި. މެނިފެސްޓޯ ވެސް ހުށަހެޅި ގޮތަށް ފާސްކޮށްފި. ލިބުނީ 722 ވޯޓް.11:22- ޕާޓީގެ ލޯގޯ އަކަށް ރުކަކާއި ހަނދުފަޅި ހިމެނޭ ލޯގޯއެއް ފާސްކޮށްފި. ލޯގޯ ހެދީ ހުސެން މާޒިން އާއި އަހްމަދު މަހްލޫފް. މި ލޯގޯ ފާސްވީ 751 ވޯޓުން. މައުމޫންގެ ދެކަނބަލުން ވޯޓްގައި ބައިވެރިވެ ވަޑައެއް ނުގަންނަވާ. މާޒިން އަކީ ލަންކާގައި ގްރެފިކްސް ޑިޒައިނިން އިން މާސްޓަސް ހަދަމުންދާ ޒުވާނެއް.ޕީޕީއެމްގެ ލޯގޯ 10:50- ޕާޓީގެ ކުލަ އަކަށް މެޖެންޓާ ނުވަތަ އަސުރުމާ ކުލަ ފާސްކޮށްފި. މީގެ އިތުރުން ރަތް އަދި ގުރާފެހި ކުލަ ހުށަހެޅި. އަސުރުމާ ކުލަ ހޮވުނީ 603 ވޯޓުން، ރަތް ކުލަ އަށް ލިބުނީ 323 ވޯޓް. ހާޒިރުވީ 971 މެންބަރުން. އަސުރުމާ ކުލަ ފާސްވުމުން ގުރާ ފެއްސަށް ވޯޓަކަށް ނާހާ.10:38- އިންތިހާބުތައް ބަލަހައްޓާ ކޮމިޓީގެ މެންބަރުންނަށް އަހްމަދު ޝަފީގާއި އަދީލް ޖަލީލާއި އަހްމަދު އަލިމަނިކު ހޮވައިފި.10:37- ރިއާސަތުގެ ނާއިބު ރައީސަކަށް މުހައްމަދު ޒުހައިރު ހޮވިއްޖެ. އާޒިމާ ޝަކޫރާއި ޑީއާރްޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނިމާލްގެ ނަން ހުށަހެޅި ނަމަވެސް އެ ދެ ބޭފުޅުން ވެސް އިންތިހާބެއްގައި ވާދަކުރައްވާތީ ނަން އަނބުރާ ގެންދެވީ.10:26- ސީނާ ޒާހިރު ރިއާސަތާ ހަވާލުވެއްޖެ. ޕާޓީގެ ލޯގޯ ފާސްކުރުމުގެ ވޯޓުގައި މައުމޫންގެ ދެކަނބަލުން ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް މައުމޫން ވިދާޅުވެއްޖެ. މައުމޫން ވިދާޅުވީ ހުރިހާ ލޯގޯއެއް ވެސް ރީތި ކަމަށް. އެނގިފައިވާ ގޮތުގައި ވޯޓަށް އަހާނީ ފަސް ލޯގޯ އަކަށް.10:23- މި ޖަލްސާގެ ރިއާސަތު ބަލަހައްޓަވާނީ ސީނާ އަހްމަދު ޒާހިރު ކަމަށް ފާސްކޮށްފި. 5:04 - އިންތިގާލީ ކައުންސިލަށް ހޮވުނީ އުމަރު ނަސީރު، މުހައްމަދު ހުސައިން ޝަރީފް، އައިޝަތު އާޒިމާ ޝަކޫރު، މުހައްމަދު ވަހީދު އިބްރާހިމް، ފާރިޝް މައުމޫން، އަނީސާ އަހްމަދު، މާޒް އަހްމަދު ސަލީމް، އިބްރާހިމް ނާޒިމް، ރާޝިދާ ޔޫސުފް، އައިޝަތު ޝިހާމް، އަހްމަދު ސިއްދީގު، ޑރ. އަބްދުއް ސަމަދު އަބްދުﷲ، މުހައްމަދު ނިމާލް، އަސްމާ ރަޝީދު، އިބްރާހިމް މުއާޒް އަލީ، އަހްމަދު ނަސީމް. 10:09 - ޖަލްސާ ފަށައިފި. މި ޖަލްސާގައި މަައުމޫން ބައިވެރިވެ ވަޑައިގަންނަވާ. ޕާޓީގެ ވަގުތީ ރައީސް ކަމަށް އެ މަނިކުފާނު ކުރިމަތިލައްވާނެ ކަމަށް އެނގިފައިވޭ. މި ވަގުތު ރިއާސަތުގައި ވެސް އިންނެވީ މައުމޫން.10:09 - ޖަލްސާ ފެށުމަށް އިލެކްޝަންސް އިން ހުއްދަ ދީފިކަން އިއުލާނުކޮށްފި.9:03-
އުމަރު ނަސީރު ދެންމެ އިއުލާނުކުރެއްވީ މިއީ ގާނޫނީ ޖަލްސާއެއް ކަމަށް.
އަދި ޖަލްސާ އަށް ވަދެވޭނީ އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ 3019
މީހުންގެ ތެރޭގައި ހިމެނޭ މީހުންނަށް ކަމަށް. އަދި ލަސްވަނީ ނަންތައް
ޗެކްކުރުމުގެ ކަންތައް ކުރިއަށް ދާތީ ކަމަށް. ޖަލްސާ ބާއްވާ ރަންނަ ބަނޑޭރި
މާލަމަށް ވަދެވޭނީ އިލެކްޝަންސް އިން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ
މީހުންނަށް ކަމަށް. އެހެން މީހުން ވަންނަން ޖެހޭނީ ފާށަނާ މާލަމަށް.8:51 - ޖަލްސާ އިންތިޒާމްކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޖަލްސާ ފެށޭ ވަރު ވާނީ ހާޒިރުވެ ތިބި މީހުން ވަދެ ނިމުމުން. ސިޔާސީ ޕާޓީ ގަވާއިދު ބުނާ ގޮތުން ޕާޓީ އުފެއްދުމުގެ ޖަލްސާގައި 300 މީހުން ބައިވެރިވާން ޖެހޭ. ޕީޕީއެމް އިން ބުނީ ޖަލްސާގައި 1100 މީހުންގެ ޖާގަ އޮންނާނެ ކަމަށް.8:45 - ކުރިން މި ޖަލްސާ ފަށަން ހަމަޖެހިފައި އޮތީ 8:30 ގައި ނަމަވެސް އަދި ޖަލްސާއެއް ނުފަށަ. ޖަލްސާ ފަށާނެ އިރެއް ވެސް އަދި އިއުލާނެއް ނުކުރެ. ނަމަވެސް ޖަލްސާ އަށް އަދިވެސް ދަނީ މީހުން ވަންނަމުން.ކުރީގެ ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތްކުރައްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެއްދުމަށް މިރޭ ދަރުބާރު ގޭގައި ބާއްވާ ޖަލްސާ އަށް ވަނުމަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ ކިއޫގައި އެބަތިއްބެވެ. މިރޭ 8:30 ގައި ޖަލްސާ ފެށުމަށް ހަމަޖެހިފައި ވާއިރު ގަޑި ޖެހުމުގެ އެތައް އިރެއް ކުރިން ވަނީ ކިއޫ ހަދަން ފަށައިފަ އެވެ. އަމީނީ މަގުން ދަރުބާރުގެ އަށް ވަންނަން އޮންނަ ދޮރާ ހިސާބުން ފެށިގެން ހެންވޭރު ޕާކާ ހިސާބަށް ވެސް ކިއޫ ހަދާފައި އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ