ޑީއާރުޕީގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް އެމްޑީޕީ އަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް އެމްޑީޕީ އަށް ސޮއިކުރައްވައިފި އެވެ.
މާލިއްޔަތުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ޑީއާރުޕީގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް އެމްޑީޕީ އަށް އިއްޔެ ރޭ ސޮއިކުރައްވާފައިވާކަން އެމްޑީޕީގެ އިސް އޮފިޝަލަކު ވެސް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
އަބްދުﷲ އަބްދުއްރަހީމް އެމްޑީޕީ އަށް ސޮއިކުރައްވާފައި މިވަނީ، އެކި ފަހަރު މަތިން ރައީސް މުހަންމަދު ނަޝީދާ ބައްދަލުކުރެއްވުމަށް މުލިއާގެ އަށް އޭނާ ވަޑައިގަންނަވާ ކަމަށް ޑީއާރުޕީގެ އާންމު މެމްބަރުން ތުހުމަތުތައް ކޮށްފައި ވަނިކޮށެވެ.
މި ހަބަރަށް މައުލޫމާތު ހޯދުމަށް އަބްދުﷲ އަބްދުއްރަހީމާ ވަނީ ގުޅޭ ގޮތް ނުވެފަ އެވެ. އަދި އެމްޑީޕީ އާއި ޑީއާރުޕީން ވެސް މިކަމާ ބެހޭ ގޮތުން ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ