ކީރިތި ކުރައްވައި ތުހުމަތުތަކަށް ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ޖަވާބުދާރީވެ ވަޑައިގެންފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުނު މައްސަލަތަކަކާއި ގުޅިގެން ގާޒީ ހަސަން ސަސްޕެންޑް ކޮށްފައިވާއިރު ގާޒީގެ އެދިލެއްވުމުގެ މަތިން، އޭނާގެ މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ.
އެ މައްސަލަތަކުގެ ތަހުގީގު އަޑުއެހުމުގައި ވާހަކަދައްކަމުން ހަސަން ވިދާޅުވީ، ޝަރުއީ ދާއިރާގައި ވޭތުވެދިޔަ 18 އަހަރު މަސައްކަތް ކޮށްފައިވާއިރު، މީގެ ކުރިން އޭނާގެ މައްޗަށް އެކަހަލަ އެއްވެސް ތުހުމަތެއް ކޮށްފައި ނުވާ ކަމަށެވެ.
އަދި އޭނާއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން ދަނީ ބަދުއަހުލާގީ މައްސަލައެއް ކަމަށް ބުނެ ބުނެ ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވުމުން އެކަމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑު ދުވަހަކު ވެސް ނުވާނެ ބަދުއަހުލާގީ އަމަލެއް ކޮށްފައެއް އަދި މުވައްޒަފުންނަށް ޖިންސީ ފުރައްސާރައެއް ވެސް ކޮށްފައި ނުވާނެ. އެފަދަ ބަދުނާމުތަކެއް ބޮލުގައި އަޅުވައި މުޅި މުޖުތަމައުއަށް އަޅުގަނޑުވަނީ ބަދުނާމު ކޮށްފައި". ކީރިތި ކުރައްވަމުން ގާޒީ ހަސަން ސައީދު ވިދާޅުވިއެވެ.
އަދި އެ ވާހަކަތަކުގެ ސަބަބުން އާއިލާއަށް ބޮޑު ދެރައެއް ލިބި، މުޅި މުޖުތަމައުއަށް އޭނާ ބަދުނާމުވެގެން ގޮސްފައިވާ ކަމަށާއި އޭނާ އަކީ އެފަދަ ކަންތައްތަކާ ވަރަށް ދެކޮޅު މީހެއް ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ވަނީ އޭނާއާ ގުޅޭގޮތުން ބަދުއަހުލާގީ މައްސަލައެއް ބަލަމުން ނުދާ ކަމަށް ވިދާޅުވެފައެވެ.
ހަސަން ސައީދު ވިދާޅުވީ، އޭނާގެ ސުލޫކީ މައްސަލަ އެއް ހުށަހަޅާފައިވަނީ، ފެމެލީ ކޯޓުގެ ތެރެއިން އުމުރާ ގުރޫޕެއް ހިންގާ ކަމަށް މީޑީއާއިން ރިޕޯޓް ކުރުމާއި ގުޅިގެން އެ މައްސަލަ ބަލައި އެކަމުގަ ޝާމިލުވާ މީހުނަށް ފިޔަވަޅު އެޅުމުން ކަމަށެވެ.
އަދި މި އަވަހަށް ބަލައި ނިންމުމަށް ހަސަން ސައީދު އެދިލެއްވިއެވެ.
ކީރިތި ކުރައްވައި ގާޒީ ހަސަން ސައީދު ތުހުމަތުތަކަށް ޖަވާބުދާރީވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ