އަޅުގަނޑު ބޭނުންވަނީ ޔާމީން އާއި އެކު ޕީޕީއެމް ރީ-ބްރޭންޑް ކުރަން - އުމަރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން އާއި ގުޅިގެން ޕީޕީއެމް ރީ-ބްރޭންދް ކުރަން ބެނުންވާ ކަމަށާއި އެ ޕާޓީގެ ރައީސް ކަމަށް ޝައުގުވެރިވާކަމަށް ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރަކީ ޕީޕީއެމް އުފެދިގެން އައި ދުވަސްކޮޅު ވަރަށް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޔާމީނާއެކު ވެސް އުމަރު ނަސީރު ވަނީ ވާދަ ކުރައްވާފައެވެ. އުމަރު އަލުން ޕީޕީއެމްއާ ގުޅި ވަޑައިގަތުމަށާއި ލީޑާޝިޕަށް ވަޑައިގަތުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކަން ރައީސް ޔާމީން ވެސް ވަނީ އެ ޕާޓީގެ ކައުންސިލް މެންބަރުންނާ ވެސް ހިއްސާ ކުރައްވައިފަ އެވެ.
އަވަސް އާއި ހަވާލާދީ އުމަރު ވިދާޅުވެފައިވަނީ އޭނާ ޝައުގުވެރިވެ ވަޑައިގަންނަވަނީ ޕީޕީއެމްގެ ލީޑަރަކަށް ނުވަތަ ރައީސްގެ މަގާމަށް ވަޑައިގަންނަވަން ކަމަށެވެ. އަދި އެ މަގާމް ލިބިވަޑައިގެންފި ނަަމަ ޕީޕީއެމް އަލުން ކޮޅަށް ޖަހައި "ރީ ބްރޭންޑު" ކުރައްވާނެ ކަމަށާއި އެކަން ކުރައްވާނީ ރައީސް ޔާމީނާއެކުގައި ކަމަށެވެ.
2016 ވަނަ އަހަރު އުމަރު ޕީޕީއެމްއާ ވަަކިވުމަށް ފަހު ގެންދެވީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި ރޭ އަލަށް ޕީޕީއެމްގެ ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވި ބޭފުޅުން އަކީ އެ މަގާމަށް އެންމެ ގާބިލް ބެފުޅުން ކަމަށް ވިދާޅުވެފައެވެ.
ޕީޕީއެމްގެ ނައިބު ރައީސުންގެ ގޮތުގައި އަލަށް އައްޔަން ކުރެއްވީ ރައީސް މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މައުމޫން އާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ