ކްރިކެޓް މެޗެއް ބައްވަލަން ރައީސް ޞާލިޙް އިންޑިޔާއަށް

އިންޑިއާގައި މާދަމާ ކުޅެ ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ އެ ގައުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
މި ދަތުރުފުޅަކީ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ވިރާޓް ކޯލީ ކެޕްޓަންކަން ކުރާ ރޯޔަލް ޗެލެންޖާސް ބެންގަލޫރާއި އެމްއެސް ދޯނީ ކެޕްޓަންކަން ކުރާ ޗެންނާއީ ސުޕަ ކިންގްސް ބައްދަލުކުރާ މެޗް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެ މެޗް އޮންނާނީ މާދަމާ ރޭ، ރާއްޖެ ގަޑިން 7:30 ގައި ބެންގަލޫރުގައި އެވެ
މިއީ ރަސްމީ ދަތުރުފުޅެއް ނޫނެވެ. ރައީސް ސޯލިހު އިންޑިއާއަށް ފުރާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ. ރައީސް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ހޯމަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ