އެމްޑީޕީން ހޯދި ކާމިޔާބީއަށް ރައީސް މައުމޫނު މަރުހަބާ ދަންނަވައިފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ހޯދި ކާމިޔާބީއަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް މަރުހަބާ ދަންނަވައިފިއެވެ.
އެމްޑީޕީގެ ކާމިޔާބީ ފާހަގަކޮށް ރައީސް މައުމޫނު މަރުހަބާ ދަންނަވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައެވެ.I called former president @MohamedNasheed earlier today and congratulated him on his and his party’s success at the polls. He welcomed my call warmly and we agreed to keep in touch. @MDPSecretariat @MRM_Office @ibusolih— Maumoon Abdul Gayoom (@maumoonagayoom) April 10, 2019ރައީސް މައުމޫނު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް އިންތިހާބުގައި ހޯއްދެވި ކާމިޔާބީ އަށާއި އެމްޑީޕީން ހޯދި ކާމިޔާބީއަށް މަރުހަބާ ދެންނެވި ކަމުގައެވެ. އަދި ގުޅުން ދެމެހެއްޓުމަށް ދެ ބޭފުޅުންވެސް އެއްބަސްވެ ވަޑައިގެންނެވިކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ ރައީސް ނަޝީދުވަނީ އެދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.
މަޖިލިސް އިންތިހާބުގައި 87 ދާއިރާގެ ތެރެއިން 85 ދާއިރާއަށް ވާދަކޮށް އެމްޑީޕީންވަނީ 65 ގޮނޑި ކާމިޔާބު ކޮށްފައެވެ. އަދި ރައީސް މައުމޫނުގެ ތާއީދާއިއެކު 20 ދާއިރާއަކަށް ކެންޑިޑޭޓުން ވާދަކުރި ނަމަވެސް ކާމިޔާބު ކުރެވިފައިވަނީ އެންމެ ގޮނޑިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ