ނިލަންދޫއިން އަކެއްކާވެސް ކަރަންޓް ކެނޑި، ސީރިޔަސް ޙާލަތަކަށް ވެއްޓިއްޖެ

ފ.ނިލަންދޫ ރައްޔިތުންގެ އިންޖީނުގޭގައި ހުރި ތިން
އިންޖީނުގެ ތެރެއިން 1 އިންޖީނުގެ ޑައިނަމޯ އަދައި ކަރަންޓް ދޫކުރާ ޕެނަލް ބޯޑަށް
މައްސަލަ ޖެހުމުގެ ސަބަބުން އިތުރު އެއްއިންޖީނު ސިންކް ނުކުރެވުމުގެ ސަބަބުން
ކަރަންޓް ދިނުމަށް ބޮޑެތި ދަތިތަކެއް ނިލަންދޫގައި ދިމާވެއްޖެއެވެ.
ނިލަންދެއަށް މަޢުލޫމާތު ދެއްވަމުން ނިލަންދޫ
ކައުންސިލްގެ ނައިބު ރައީސް ހާމަކުރެއްވި ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ކުއްލި
ގޮތަކަށް 400 ކިލޯ ވޮޓްސްގެ 1 ޖަނަރޭޓަރު ހުންޓި ކަރަންޓް ކެނޑުމާއެކު ބެލި
ބެލުމުން އެއިގެ ޑައިނަމޯ އަދާފައިވާކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެއީ މީގެ ހަފްތާއެއްހާ ދުވަސްކުރިން ވެސް މައްސަލަ ޖެހުނު
ޖަނަރޭޓަރެވެ.
މީގެއިތުރުން އިންޖީނުގެ ޕެނެލްއަށް  ދިމާވެފައިވާ މައްސަލައަކާއި ގުޅިގެން 250
ކިލޯވޮޓްސްގެ ޖަނަރޭޓަރު ސިންކް ވުމުގައި މައްސަލަތަކެއް ދިމާވެ އެ އިންޖީނުންވެސް
ކަރަންޓް ދެވޭގޮތްވަނީ ނުވެފައެވެ.
އިންޖީނުގޭގައި ހުރި 2 އިންޖީނަށް ދިމާވި
މައްސަލައާއި ގުޅިގެން، މިހާރު ރަށުގެ ބައިބަޔަށް ކަރަންޓް ދެމުން ގެންދަނީ
މައްސަލަ ނުޖެހިހުރި ހަމައެކަނި އިންޖީނު، 400 ކިލޯވޮޓްސް ގެ ޖަނަރޭޓަރުންނެވެ.
ޕީކް ގަޑިތަކުގައި 1 މެގަވޮޓްގެ ކަރަންޓް
ނިލަންދުއަށް ބޭނުންވާކަމަށް މީގެކުރިން ނިލަންދޫ ރަށު ކައުންސިލްގެ ނައިބު ރައީސް
ޢަލީ މުޙަންމަދު ހާމަކުރައްވާފައިވެއެވެ.
ނިލަންދޫގެ ކަރަންޓް ނިޒާމުގެ ޙާލަތު ދުވަހެއް
ދުވަހެއް ދަށްވުމުގެ ސަބަބުން ޢާންމު ރައްޔިތުންގެ އެތައް އެއްޗަކަށް ގެއްލުން
ލިބެމުންދާކަމަށް ދަނީ ފާހަގަކުރެވެމުންނެވެ.
މިހާރުގެ ކައުންސިލް އައިފަހުން ނިލަންދޫ ރަށު
ކައުންސިލްގެ ރައީސްގެ އިންނެންގެވުމުގެ މަތީން ނިލަންދޫ ކަރަންޓް ނިޒާމުގެ
ސަރވޭއެއް ހަދާފައިވެއެވެ. އެ ސަރވޭއިން ދައްކާގޮތުން ރަށުގެ ކޭބަލް ނެޓްވާރކް
އެއްކޮށް ބަދަލުކޮށް އިންޖީނުތަކުގެ ސައިޒު ބޮޑު ކުރަންޖެހޭ ކަމަށް ފާހަގަކޮށްފައިވެއެވެ.
މިކަމަށް އެންމެ މަދުވެގެންވެސް 40 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް
ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ