މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކަރަންޓްގެ ހިދުމަތް އަލުން ދީފި އެވެ.
ދުރާލާ އެންގުމަށްފަހު މާލެ އާއި ހުޅުމާލެ އިން މިއަދު ހެނދުނު 6:00 ޖެހިއިރު ކަރަންޓް ކަނޑާލީ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑްގެ މެއިންޓަނަންސް މަސައްކަތެއް ކުރުމަށެވެ. 
މާލެ- ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލައި އެ ވިއުގައި ފުރަތަމަ ފަހަރަށް ޓެސްޓް ކުރީ މިދިޔަ ޖުލައި 18 ވަނަ ދުވަހު އެވެ.
ސްޓެލްކޯ އިން ކުރިން ބުނި ގޮތުގައި ކަރަންޓް ކެނޑޭނީ ބައި ގަޑި އިރަށެވެ. ނަމަވެސް ހުޅުމާލެ އާއި މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދިނުމަށް ދެގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވި އެވެ. 
ސްޓެލްކޯ އިން ބުނީ މެއިންޓަނަންސް މަސައްކަތްތައް ކުރިއަށް ގެންދަނީ ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ ކުއްލި ޓެކްނިކަލް މައްސަލަތައް ވީހާވެސް ކުޑަކުރުމަށް ކަމަށެވެ. 
ކަރަންޓް ކެނޑިފައި އޮތް ވަގުތުގެ ތެރޭގައި ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފަ އެވެ.
    
    ހުރިހާ ހިސާބަކަށް ކަރަންޓް ދީފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
            