މާދަމާ ކަރަންޓު ދޭނީ ޓަވަރު 9 އަދި 10 އަށް

ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ތެރެއިން މާދަމާ ކަރަންޓު ދޭނީ ޓަވަރު 9 އަދި 10 އަށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ފްލެޓު ލިބިފައިވާ ފަރާތްތައް ހާޒިރުވާންވީ ގަޑި، އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށެވެ. އަދި ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއި ފްލެޓުގެ ތަޅުދަނޑިއާއެކު ހަޑިއަށް ހާޒިރު ވުމަށް އެ ކުންފުނިން އިލްތިމާސް ކުރެއެވެ.
އަދި މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފުލެޓް ލިބިފައިވާ ފަރާތްތައް ހާޒިރު ނުވެވިއްޖެ ނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދޭނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓު ދީ ނިމުމުން ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯއިން ކަރަންޓު ދެނީ ހައުސިން ޑިވެލިޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ފްލެޓުތަކުގެ ލިފްޓުތައް ކޮމިޝަންކޮށް ނިންމައި، އެ ކުންފުންޏަށް އެކަން އެންގުމުންނެވެ.
އޭގެ އިތުރުން ސްޓެލްކޯއިން ވަނީ ޓަވަރު 9 އިން ފްލެޓު ލިބި، އެޗްޑީސީގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ސްޓެލްކޯއާއެކު ސޮއިކޮށްފައި ނުވާ ފަރާތްތައް އެ ކުންފުނީގެ ހުޅުމާލޭ އޮފީހަށް ޗަޑައިގެން ސޮއިކުރުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ