ހިޔާ ޓަވަރުތަކުގެ ލިފްޓް ކޮމިޝަންކޮށް ކަރަންޓް ދިނުމުގެ މަސައްކަތް ފަށައިފި

ހިޔާ ފްލެޓްގެ 15 އަދި 16 ވަނަ ޓަވަރުގެ ލިފްޓް ކޮމިޝަންކޮށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓޭޓް އިލެޓްކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އަލުން ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ ހިޔާ 15 އަދި 16 ވަނަ ޓަވަރުގެ ލިފްޓް ކޮމިޝަންކޮށް ނިންމައި، ހައުސިން ޑިވެލްޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) އެދެޓަވަރަށް ކަރަންޓުދިނުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް އެންގުމާއި ގުޅިގެން، އެ ދެ ޓަވަރުގައި ކަރަންޓު ނުދެވި ހުރި ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ.
އަދި ކުރިންވެސް ހަމަޖެހިފައިވާގޮތަށް އެ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް ހާޒިރުވާން ޖެހޭ ގަޑި އަންގާނެ ކަމަށާއި، އެފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް އެކުންފުނިން ދޫކޮށްފައިވާ ސްލިޕާއި، ފްލެޓްގެ ތަޅުދަނޑިއާއެކު، ޓަވަރުތަކަށް އައުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.
މި ޓަވަރުތަކަށް ކަރަންޓުދިނުމުގެ މަސައްކަތް ފަށާފައިމިވަނީ ލިފްޓުތައް ކޮމިޝަންކޮށް ނިމެންދެން އެ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހުއެވެ.
ސްޓެލްކޯއިން ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ދުވާލަކު ދެ ޓަވަރަށް ކަރަންޓު ދިނުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް އަށް ޓަވަރަށް ކަރަންޓު ދިނުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި، މަސައްކަތް ނުނިމި ހުރީ ލިފްޓުތައް ކޮމިޝަންކޮށް ނުނިމި ހުރި އަށް ޓަވަރުގައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ