ސުޕްރީމް ކޯޓުގައި ހިނގި ޝަރީއަތަކަށް ހުރަސް އެޅި މީހެއްގެ މައްސަލަ ޕީޖީއަށް

އެއްވުން މަނާ ސަރަޙައްދުތަކަށް އެއްވެ، ސްޕްރީމް ކޯޓުގައި ހިނގަމުން ދިޔަ ޝަރީޢަތަށް ހުރަސް އެޅުމަށް މަސައްކަތްކުރި މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލާގައި ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވަނީ(50އ) ގެ މައްޗަށެވެ.
ފުލުހުން ބުނީ އަޙްމަދު ފާއިޒުގެ މައްޗަށް ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވަނީ މިދިޔަ ސެޕްޓެމްބަރ 26 ވަނަދުވަހުގެ ވަގުތެއްގައި އަޑުގަދަކުރާ ބޭނުންކޮށްގެން މާލޭގައި އެއްވުން މަނާ ސަރަޙައްދުތަކަށް އެއްވުމަށް މީހުންނަށް ހިތްވަރުލިބޭ ގޮތަށް ގޮވައި ސްޕްރީމް ކޯޓުގައި ހިނގަމުންދިޔަ ޝަރީޢަތަށް ހުރަސް އެޅުމަށް މަސައްކަތްކޮށްފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
މި މައްސަލާގައި ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވަނީ އޮކްޓޯބަރު 6 ވަނަ ދުވަހު އެވެ.
އަޙްމަދު ފާއިޒަކީ މީގެކުރިންވެސް މާލޭގެ މަގުތަކަށް ނިކުމެ މުޒާހަރަކާކޮށް ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދުތަކަށް ގަދަކަމުން ވަންނަ މަސައްކަތްކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ