ނ. ހޮޅުދޫ އިން މުހައްމަދު އިރުފާން
ހެޔޮ ވިސްނުން ހުރި ކޮންމެ ރައްޔިތަކުވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލް އަހުމަދަށް ވޯޓުދޭނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއާއި އެމްޑީއޭގެ ވަފްދުން މިހާރު ޅ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުގައި މިއަދު ހިންނަވަރަށް ކުރި ޒިޔާރަތުގައި އެރަށު ރައްޔިތުންނާއި މުހާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ޔާމީނަށް ތާއީދު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވަނީ ޔާމީނަކީ ރިޔަސީ އިންތިޙަބަށް ކުރިމަތިލާފައިވަ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލު ކެންޑިޑޭޓު ކަމުގައިވާތީ ކަމަށެވެ.
ހިންނަވަރުގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޔާމީނާއި ޖަމީލަކީ ރިޔާސީ އިންތިޙާބަށް ކުރިމަތިލައްވަފައިވާ އެންމެ ރަނގަޅު އެންމެ ގާބިލު ދެބޭފުންކަމަށް ވާތީ އެމަނިކުފާނަށް ކުރައްވާ ތާޢީދު ދެއްކެވުމައްޓަކާ ހިންނަވަރު ރައްޔިތުން މިފަހަރު އެދެބޭފުޅުންނަށް ވޯޓުދެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
"ހެޔޮވިސްނުން ހުރި ކޮންމެ ބޭފުޅަކުވެސް ގަބޫލުކުރައްވާނެ އަބްދުﷲ ޔާމީނާއި ޑރ.ޖަމީލަކީ އެންމެ ގާބިލު ދެ ކެނޑިޑޭޓުންކަން މިފަހަރުގެ ރިޔާސި އިންތިޙާބަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންތަކުގެ ތެރެއިން. އެހެންވީމަ އަޅުގަނޑު މިކުރަނީ އެ ދެ މީހުންނަށް ތާޢިދު ހޯދެއްވުމުގެ މަސަތްކަތް. އަޅުގަނޑަށް ތާޢީދު ކުރާ ކޮންމެ ރައްޔިތަކުވެސް އެދެ ބެފުޅުންނަށް ހޮނިހިރު ދުވަހު އޮންނަ އިންތިޙާބް ގައި ވޯޓް ދެއްވާނެ" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މައުމޫނު ވިދާޅުވީ އެމަނިކުފަނު އަބަދުވެސް ހުންނަވާނީ ހިންނަވަރާ އެކީގައިހިންނަވަރަށް ޙިދުމަތް ކޮއްދެއްވުމުގައި ކަމަށް މައުމޫނު ވިދާޅުވިއެވެ. އަދި ހިންނަވަރަކީ އެމަނިކުފަނަށް ސައްތައިން ސައްތަ ވޯޓް މީގެ ކުރިން ދެއްވަފައިވަ ރަށެއްކަންވެސް މައުމޫނު ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑާއެކުގައި ހިންނަވަރު ރައްޔިތުން ތިއްބަވަތީވެ، އަޅުގަނޑުވެސް މިދަންވަނީ އަޅުގަނޑު އަބަދުވެސް ހުންނާނީ ހިންވަރުގެ ލޮބުވެތި ރައްޔިތުންނާއެކީގަ. އަޅުގަނޑު އަބަދުވެސް ހިންނަވަރުގެ ތަރައްގީއަށް އިސްކަން ދޭނަން. އަޅުގަނޑުގެ ވެރިކަމުގައިވެސް ވާނީ ނުހަނު އިސްކަމެއް ހިންނަވަރުގެ ތަރއްގީއަށް ދެއްވާފަ" ކަމުގައި ރައީސް މައުމުނު ވިދާޅުވި.
މިއަދު ހިންނަވަރަށް ވަޑައިގެންނެވުމާއެކީ އެމަނިކުފާނަށާއި، އެމްޑީއޭގެ ލީޑާރ އަހުމަދު ޝީޔާމް މުޙައްމަދުގެ އިތުރުން ދެޕާޓީގެ އިސްވެރިންނަށް ހިންވަރުންވަނީ ވަރަށް ޙޫނު މަރުޙަބާއެއްކިޔާފައެވެ.
ހެޔޮ ވިސްނުން ހުރި ކޮންމެ ރައްޔިތަކުވެސް ޔާމީނަށާއި ޖަމީލަށް ވޯޓުދޭނެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ