ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ކައުންސިލްގެ ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ރައީސް މައުމޫން ކުރައްވަމުން އަންނަކަމަށް އެ ޕާޓީ އިން ހާމަކޮށްފި އެވެ.
އެ ޕާޓީ އިން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އީދު ބަންދުގެ ފަހުން ޕީޕީއެމްގެ ކައުންސިލްގެ ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ޕީޕީއެމްގެ ރައީސް ކުރައްވަމުން އެބަ ގެންދަވާ ކަމަށެވެ.
މިގޮތުން މިހާރު ޕީޕީއެމްއަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ބެހޭގޮތުން ކައުންސިލް މެމްބަރުން ހިޔާލުފުޅު ހޯއްދެއްވުމަށްޓަކައި އެބޭފުޅުންނާ ވަކި ވަކިން ބައްދަލުކުރައްވަމުން ގެންދަވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޕީޕީއެމް ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ރައީސް މައުމޫން ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ