ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުން ބޭނުން ކުރަމުން ދިޔަ އެ ޕާޓީގެ މައި އޮފީހަށް ވަދެ، އެ ތަނުގައި ހުރި ހަރު މުދާ ރައީސް އަބްދުﷲ ޔާމިންގެ ފެކްޝަނުން ނެގުމަކީ ވައްކަން ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނޭނގޭ ބަޔަކު ޕީޕީއެމްގެ އޮފީސް ގަދަކަމުން ހުޅުވައި އެތަނުގައި ހުރި މުދާތައް ޓްރަކްތަކުގައި ގެންގޮސްފައިވާ ކަމަށާއި އަދި އެއީ ވައްކަންމަކަށް ނުވާނެތޯ މައުމޫން ވަނީ ސުވާލު އުފައްދަވައިފަ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނު ވަނީ ސަރުކާރަށް އޮތް ތާއިދު އަނބުރާ ގެންދަވާފައެވެ. އަދި ބުރާސްފަތި ދުވަހު ޕީޕީއެމް އޮފީހުގައި ބާއްވަން އުޅުނު މައުމޫން ފެކްޝަންގެ ޖަލްސާއަށް ފުލުހުން ވަނީ ހުރަސް އަޅާފައެވެ.
ޕީޕީއެމް އޮފީސް ތެރޭ ހުރި ތަކެތި ނެގުމަކީ ވައްކަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ