ކޮމަންވެލްތުން ވަކިވުމުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ރައީސް ޔާމީނަށް: ޝަހީދު

ކޮމަންވެލްތުން ވަކިވުމުން އެންމެ ބޮޑު ގެއްލުމެއް ވެސް ލިބޭނީ ރައީސް އަބްދުﷲ ޔާމީނަށް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވަނީ ވިދާޅުވެފައެވެ.
ޑރ. އަހްމަދު ޝަހީދު ވިދާޅުވިގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުގެ ސަބަބުން އެ މަނިކުފާނު ބައިނަލްއަގުވާމީ މުޖުތަމައުން އެކަހެރިވެގެންދާނެ ކަމަށާއި ބައިނަލްއަގުވާމީ ނުފޫޒު ވެސް ރާއްޖެއަށް ގެއްލިގެންދާނެއެވެ.
ކޮމަންވެލްތުން ވަކިވުމުން މިހާރަށް ވުރެ ބޮޑަށް ބޭރުގެ ފިއްތުންތައް ރާއްޖެ އަށް ކުރިމަތިވާނެ ކަމަށް ޑރ. ޝާހިދު ވިދާޅުވިއެވެ. އަދި ކޮމަންވެލްތު ގައުމުތަކުން ރާއްޖެއަށް ލިބޭ ސްކޯލާޝިޕްތައް ހުއްޓި، އެހެން އެހީތައް ވެސް މަދުވެގެންދާނެ ކަމަށާއި އިނގިރޭސި ވިލާތަށް ދަތުރުކުރުމަށް މިހާރު އޮތްނަ ފަސޭހަ ގޮތް ވެސް އުނދަގޫ ވެގެންދާނެ ބެލެވޭ ކަމަށް ޑރ. ޝަހީދު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ކޮމަންވެލތުން ވަކިވާން ނިންމީ އެ ޖަމިއްޔާއިން ރައްޖެއަށް ސިޔާސީ ގޮތުން ފިއްތުންތައް ކުރާކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ