ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އަށް ހައި ކޯޓުން ކަނޑައަޅާ ފަނޑިޔާރުގެ މަގާމުގެ ދައުރު ހަމަވެ، މުއްދަތު ހަމަވިއިރު ވެސް ހައި ކޯޓުން އެ ކޮމިޝަނަށް ފަނޑިޔާރެއް އައްޔަނެއް ނުކުރެއެވެ.
އެ ކޮމިޝަންގެ މަގާމެއް ހުސްވެފައިވާ އޮންނަތާ ދެ މަހެއްހާ ދުވަސް ވެދާނެއެވެ.
ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވަނީ ޖޭއެސްސީގެ މެމްބަރު ކަމުގެ މަގާމެއް ހުސްވެއްޖެ ނަމަ 30 ދުވަސް ތެރޭގައި އެ މަގާމަށް އެހެން މީހަކު އައްޔަންކުރަންޖެހޭނެކަމަށެވެ.
ހައި ކޯޓުން ޖޭއެސްސީ އަށް އެންމެ ފަހުން ކަނޑައެޅި ފަނޑިޔާރު އަބްދުﷲ ހަމީދުގެ މެމްބަރު ކަމުގެ ދައުރު މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ވަނީ ހަމަވެފައެވެ. އެ މަގާމަށް އަލުން ބޭފުޅަކު އައްޔަން ނުކޮށް އޮންނަތާ 30 ދުވަހަށް ވުރެ ގިނަ ދުވަސް ވަނީ ފާއިތުވެފައެވެ.
ހައި ކޯޓުން ޖޭއެސްސީ އަށް ކަނޑައަޅާ ފަނޑިޔާރު ހޮވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މެދުގައި އިންތިޚާބެއް ބާއްވައިގެންނެވެ. ނަމަވެސް ފަނޑިޔާރުން ތިބެންޖެހޭ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމެއް މިހާރު އޮތީ ހުސްކޮށެވެ. އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުގެ މަސައްކަތް ޖޭއެސްސީން މިހާރު ދަނީ ކުރަމުންނެވެ.
މުއްދަތު ހަމަވިއިރު ހައި ކޯޓުން އަދިވެސް ޖޭއެސްސީ އަށް ބޭފުޅަކު އައްޔަނެއް ނުކުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ