ޕީޕީއެމްގެ ޤައުމީ ޖަލްސާ 2017 ވަނަ އަހަރު ބާއްވަން ރައީސް މައުމޫން ނިންމަވައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޕްރައިމެރީއާމެދު ގޮތެއް ނިންމެވުމަށް އެޕާޓީގެ ޤައުމީ ޖަލްސާ އަންނަ އަހަރުގެ ނޮވެމްބަރމަހުގެ ތެރޭގައި ބޭއްވެވުމަށް އެޕާޓީގެ ރައީސް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.
ރައީސް މައުމޫން މިކަން އިޢުލާންކުރެއްވީ މިއަދުއެވެ. އަދި ޕީޕީއެމްގެ އިޞްލާޙީ އެޖެންޑާ ކުރިޔަށް ގެންދަވާނެ ޓައިމްލައިނެއްވެސް ވަނީ އެކުލަވާލައްވާފައެވެ.
ޓައިމްލައިންގައިވާ ގޮތުން އަންނަ އަހަރުގެ ނޮވެމްބަރމަހު ބާއްވާ ޤައުމީ މަޖިލީހުން ޕީޕީއެމްގެ ޕްރައިމަރީ ބާއްވަން ފާސްވެއްޖެނަމަ 2018 ވަނަ އަހަރުގެ ފެބްރުއަރީމަހު ޕްރައިމެރީގެ ވޯޓްލުން ބާއްވާނެއެވެ.
ރިޔާސީ ޕްރިމަރީއެއް ބާއްވަން ގައުމީ ޖަލްސާއިން ފާސްކޮށްފިނަމަ، ޖެނުއަރީ 2018 ގައި ޕްރައިމަރީ ކެމްޕެއިން ބާއްވާނެއެވެ. އަދި ޕީޕީއެމްގެ ޕްރައިމަރީ ފަށާގޮތަށް އެ އިސްލާހުގައި ހިމަނާފައިވަނީ ފެބްރުއަރީ 2018 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ