އުލިގަމުގައި ބަޑި ގުދަން ހަދަން ހުއްދައެއް ނުދެން: އުމަރު

ހއ. އުލިގަމުގައި ހަތިޔާރު ގުދަނެއް ހަދަން ހުއްދަ ދީފައި ނުވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ އުތުރުން ދަތުރުކުރާ ބޯޓް ފަހަރަށް ވިޔަފާރި އުސޫލުން ހިމާޔަތް ދިނުމަށް މީހުން ތަމްރީން ކުރުމަށް މަރުކަޒެއް ހެދުމަށާއި ހަތިޔާރު ގުދަނެއް ހެދުމަށް ހއ. އުލިގަމުން މޯލްޓާގެ ކުންފުންޏަކަށް ބިމެއް ދީފައިވާ ކަމަށް ބުނެ މިއަދު މީޑިއާ އިން ހަބަރު ފަތުރާފައިވަނިކޮށެވެ.
މިމައްސަލާގައި އުމަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުލިގަމުގައި ހަތިޔާރު ގުދަނެއް ހަދަން ހުއްދަ ދީފައި ނުވާ ކަން ސަރުކާރުގެ ފަރާތުން ޔަގީންކޮށްދޭ ކަމަށެވެ. އަދި ވިދާޅުވީ ހަތިޔާރާ ގުޅޭ އެފަދަ ކަމެއްގައި ސަރުކާރުން ބައިވެރިނުވާނެ ކަމަށާ ހަތިޔާރާ ގުޅޭ އެފަދަ ކަންކަމުގައި ސަރުކާރުން ކުޅިވަރު ނުކުޅޭނެ ކަމަށެވެ.
ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން އުލިގަމް ކައުންސިލްގެ ރައީސް އިމާދު އަބްދުﷲ ވިދާޅުވީ 2007 ވަނަ އަހަރު އުލިގަމު ދެކުނު ފަރާތުގައި ސިޓީ ހޮޓަލެއް އެޅުމަށް ސަރުކާރާ އާންމު ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީއަށް ދީފައިވާ 36 ހެކްޓަރުގެ ބިމެއްގައި މޯލްޓާގެ ބަޔަކު ހަރަކާތްތެރިވާ ކަމަށެވެ. އަދި އެ ސަރަހައްދަށް އެރަށުގެ އެއްވެސް މީހަކަށް ނުވަދެވޭހެން އެތަނުގައި ފެންސް ޖަހައި އެތަން ބަންދުކޮށްގެން ބަޔަކު ފޯރިމަރަމުންދާ ކަމުގައި ވިދާޅުވި އެވެ. އަދި މިހާރު އެބިން ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ޕާސަނަލީ އެތަނަށް ގޮސް އެމީހުންނާ ވާހަކަ ދައްކައިގެން އެތަނުގައި ކުރާ މަސައްކަތެއް ސާފުކުރަން މަސައްކަތް ކުރިން. އެކަމަކު އަޅުގަނޑަކަށް އެތަނުގައި ކުރާ މަސައްކަތުގެ އެއްވެސް މައުލޫމާތެއް ލިބޭ ގޮތެއް ނުވި. އަދި އެ ބިން އޭރު ދޫކުރި މަގުސަދު ނޫން އެހެން މަގުސަދެއްގައި އެހެން މަސައްކަތަކަށް އެ ބިން ބޭނުން ކުރާ ކަންވެސް ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން ކައުންސިލަކަށް އަންގާފައެއް ނެތް،" އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ ކައުންސިލަރުން ތިބޭ އުލިގަމް ކައުންސިލްގެ ރައީސް އިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2007 ވަނަ އަހަރު އެރަށުގެ ރަށް ކުރިއަރުވާ ކޮމިޓީއާއި ސަރުކާރުގެ ހަތް މުއައްސަސާއާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން ޓޫރިޒަމް މިނިސްޓްރީއަށް ބިން ދޫކުރި ހިސާބުން އެރަށަށް އެ ބިމުން އެއްވެސް އާމްދަނީއެއް ލިބިފައި ނުވާ ކަމަށެވެ. އަދި މިފަހަކުން ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކުގެ އިހްތިސޯސް ހިނގާ ބިންތައް ކަނޑައެޅިއިރު އެ ބިން އުލިގަމް ކައުންސިލުން ވަކިކޮށްފައިވާތީ މިހާރު އެ ބިމަކީ ކައުންސިލްގެ ބާރުވެސް ހިނގާ ބިމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު އެ ބިން ޓޫރިޒަމަށް ދިން އިރު އެ ބިން އޮތް ސަރަހައްދާއި ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާއި ދެމެދު ސަތޭކަ މީޓަރުގެ ބިމެއް ގްރީން ޒޯންގެ ގޮތުގައި ކަނޑައެޅި އެ ޒޯންގައި ސިނާއީ އެއްވެސް މަސައްކަތެއް އަދި މީހުން އާބާދު ކުރުމުގެ އެއްވެސް މަސައްކަތެއް ވެސް ނުކުރެވޭ ގޮތަށް ކުރިން އެއްބަސްވެފައިވާ ބިން، ކައުންސިލަށް ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އިމާދު ވިދާޅުވީ އެރަށުގައި އެމްއެންޑީއެފްއާއި ކަސްޓަމްސްއާއި އިމިގްރޭޝަން ފަދަ ސަރުކާރުގެ ބޮޑެތި މުއައްސަސާތަކުން ބިން ނަގައިގެން އެރަށުގައި ހަރަކާތްތެރިވާއިރު އެ މީހުން ކުރާ ކަންކަން ކައުންސިލް އިދާރާއަށް އެނގިފައި، އެރަށުގައި އޮންނަ ބިމެއްގައި ބޭރުގެ ބަޔަކު ކުރާ ކަމެއް ނޭނގި ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ނަމަވެސް ކަންބޮޑުވާ މިންވަރާ މެދު އެއްޗެއް ދަންނަވަން އިނގޭނީ ސިޓީ ހޮޓާ އަޅަން ދިން ބިމުގައި މިހާރު ކުރެވޭ މަސައްކަތެއް ސާފުވެެގެން ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ވެސް އަދި ކައުންސިލަކަށް ވެސް ނެތް ރަސްމީ ސިފައެއްގައިވެސް އަދި ނުރަސްމީ ސިފައެއްގައިވެސް އެތަނުގައި ކުރާ އެއްވެސް ކަމެއް އަންގާފައެއް. މިއަދު އަޅުގަނޑުމެންނަށް މީޑިއާ އިން މިކަން އިނގުމުން އަޅުގަނޑު މަ
މިމައްސަލައާއި ގުޅޭ ގޮތުން ދުވަހު ނޫސް ހަވީރުގައި މިއަދު ބުނެފައިވަނީ އުލިގަމުގައި ހަތިޔާރު ގުދަނެއް ހަދަނީ މޯލްޓާގައި ހިންގާ ސޭފްޓީ އެޓް ސީ ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް (އެސްއޭއެސްއެލް) އިން ކަމަށެވެ. އެސްއޭއެސްއެލްގެ މައި ކުންފުންޏަކީ މޯލްޓާގެ މާޝަލް ކޮންސަލްޓެންޓްސް ގްރޫޕެވެ. މި ގްރޫޕްގެ ވެބްސައިޓްގައި ރާއްޖޭގެ ނަން ހިމެނުމަށްފަހު ބުނެފައިވަނީ ރާއްޖޭގައި ހުންނަ އެސްއޭއެސްއެލް އޮފީސް މެދުވެރިކޮށް ބޯޓުފަހަރަށް ހިދުމަތް ފޯރުކޮށްދޭ ކަމަށެވެ.
ހަވީރުގައި ބުނެފައިވަނީ އުލިގަމުގައި ހަދާ ތަނުގައި 200 މީހުންގެ މައްޗަށް އެކުލެވޭ ޔުނިޓަކާއި ޝޫޓިން ރޭންޖެއް ހަދައި އިނގިރޭސިވިލާތުގެ ސްޕެޝަލް ފޯސްގައި ކުރިން މަސައްކަތް ކުރި ސިފައިން މެދުވެރިކޮށް ބަޑި ގެންގުޅޭނެ ގޮތުގެ ތަމްރީންތަކެއް އެތަނުގައި ދިނުމަށް ނިންމާފައިވާ ކަަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އުތުރުން ހުރަސްކޮށް ދަތުރުކުރާ އުޅަނދުތަކަށް ހިމާޔަތް ދޭން ކަނޑު އުޅަނދުފަހަރުގެ އިތުރުން މަތިންދާ ބޯޓު ވެސް އެސްއޭއެސްއެލް އިން ބޭނުންކުރާނެ ކަމަށާއި އެ ސަރަހައްދު ހުރަސްކޮށް ދާ ބޯޓަކުން އުލިގަމުގައި ހުންނަ އެސްއޭއެސްއެލްގެ ޔުނިޓުން ހިދުމަތް ހޯދާ ނަމަ ހަތިޔާރު އެޅި ގާޑުން ލޯންޗުގައި ގޮސް އެ ބޯޓަކަށް އަރާ އެ ބޯޓް ދަތުރުކުރާ މަންޒިލަކަށް ދަންދެން އޭގައި އެ މީހުން ތިބޭނެ ކަމަށްވެސް ހަވީރުގައި ބުނެފައިވެ އެވެ.
ހަވީރުގައި ބުނެފައިވާ ގޮތުގައި އެސްއޭއެސްއެލްގެ ރާއްޖޭގެ އޮފީސް ހަދާފައި ހުންނަނީ މ. މެޖެންޓާގޭގަ އެވެ
މޯލްޓާގެ ކުންފުންޏަކުން އުލިގަމުގައި ހަތިޔާރު ގުދަނެއް ހަދަން ފަށާފައިވާއިރު މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ނައިބް ރައީސް އަހްމަދު އަދީބް ވަނީ ކުއްލިގޮތަކަށް މޯލްޓާ އަށް ވަޑައިގެން އެ ގައުމުގެ ރައީސާ މެރީ ލުއީސް ކޮލެއިރޯއަށް ރައީސް އަބްދުﷲ ޔާމިންގެ ސިޓީފުޅެއް އަރުވާފަ އެވެ. އެކަމަކު މިސިޓީގެ ތަފްސީލް ވެސް ސަރުކާރުން ހިއްސާކޮށްފައެއް ނުވެ އެވެ.ސައްކަތް ކޮށްފިން ސަރުކާރުގެ އެކި މުއައްސަސާތަކަށް ގުޅައިގެން މިކަން ބަލަން. އެކަމަކު ކަމާއި ގުޅުންހުރި ބޭފުޅަކާއި ބައްދަލުނުވެގެން އަދި މިކަމުގެ މައުލޫމާތު ސާފުވާ ގޮތެއް ނުވޭ،" އުލިގަމު ކައުންސިލްގެ މިދިޔަ ދައުރުގެވެސް ރައީސް އިމާދު ވިދާޅުވި އެވެ.
އިމާދު ވިދާޅުވީ ސިޓީ ހޮޓާ އަޅަން ދިން ބިމުގައި ކުރާ މަސައްކަތެއް ނޭނގުނުނަމަވެސް އެރަށުން އެމްއެންޑީއެފްއަށް ދީފައިވާ ބިމުގައި އާމަރީއެއް ހަދަމުންދާ ކަން އިނގޭ ކަމަށެވެ.
ސިޓީ ހޮޓާ އަޅަން ދީފައިވާ ބިމުގައި އެއްވެސް މަސައްކަތެއް ކުރަމުން ނުދާތީއާއި އެތަނުން އާމްދަނީ ލިބެމުން ނުދާތީ މި ބިމުގެ މައްސަލައެއް މިހާރު ދަނީ ކޯޓުގައިވެސް ހިނގަމުންނެވެ. ކޯޓުގައި މިމައްސަލަ ހިނގަމުން ދަނިކޮށް މޯލްޓާގެ ކުންފުންޏަކުން އެތަނުގައި ހަތިޔާރު ގުދަނެއް ހަދަމުންދާ މައްސަލާގައި ރައީސް އޮފީހަށް ގުޅުމުން ބުނީ އެ މައްސަލާގައި ޖަވާބު ދޭނީ ސަލާމަތީ މުއައްސަސާތަކުން ކަމަށެވެ. މިމައްސަލާގައި އެމްއެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރަށް ގުޅިނަމަވެސް އޭނާ ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ