ރައްޔިތުން ހޭލުންތެރި ކުރުމަށް ކަނޑޫދޫގައި ޕްރޮގަރާމެއް ކުރިއަށް ގެންގޮސްފި

ތ.ކަނޑޫދޫއަކީ ކުށްމަދު އަމާން ރަށެއްގެ ގޮތުގައި ދަމަހައްޓައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުވެފައިވާ މުޖުތަމައެއް ގާއިމްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެދަށުން ހޭލުންތެރިކުރުމުގެ ޕްރޮގަރާމެއް އެރަށުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
ޖޫން 12 ވަނަ ދުވަހު ތ. ކަނޑޫދޫގައި ކުރިއަށް ގެންދިޔަ ޕްރޮގަރާމުގައި ވިޔަފާރި ކުރާ ތަންތަނަށް ޒިޔާރާތް ކޮށް އެތަންތަނުގެ ސަލާމަތާއި ރައްކަތެރިކަމަށް ވިޔަފާރިވެރިން އަޅަންޖެހޭ ފިޔަވަޅުތަކާބެހޭގޮތުން މައުލޫމާތުދީ، ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އޮޅުފިލުވާފައިވެއެވެ. އޭގެ އިތުރުން، ކަނޑޫދޫ ރަށުކައުންސިލްގެ މެމްބަރުންނާ ބައްދަލުކޮށް ކުށުގެ ހާލަތާބެހޭގޮތުން މައުލޫމާތު އޮޅުންފިލުވައި އެ ކަންތައްތައް ހައްލުކުރުމަށް ކައުންސިލާއި ފުލުހުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން މަޝްވަރާކޮށްފައެވެ
މި ޕްރޮގްރާމްގައި ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަނުގެ އިތުރުން ތ.ހިރިލަންދު ޕޮލިސް ސްޓޭޝަނުން ބައިވެރިވެފައިވެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ